Ads by Aqeeqa Maldives

ޚަބަރު

ދުންފަތް ބޭނުންކުރުން މަނާކުރުމާގުޅޭ މަޝްވަރާތައް ޖަމްޢިއްޔާތަކާއެކުވެސް ކުރިއަށްގެންގޮސްފި

ދުންފަތް ބޭނުންކުރުން މަނާކުރުމާގުޅޭ މަޝްވަރާތައް ޖަމްޢިއްޔާތަކާއެކުވެސް ކުރިއަށްގެންގޮސްފި

ދުންފަތް ބޭނުންކުރުން މަނާކުރުމާގުޅޭ މަޝްވަރާތައް ޖަމްޢިއްޔާތަކާއެކު ކުރިއަށްގެންދިއުން- ފޮޓޯ: ޞިއްޚީ ވުޒާރާ

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

09 އޭޕްރީލު 2025، 02:23

09 އޭޕްރީލު 2025، 02:23

ވަކި އުމުރަކުން ފެށިގެން ދުންފަތް ބޭނުންކުރުން މަނާކުރުމާގުޅޭގޮތުން ޚިޔާލު ހޯދުމަށް މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކާއެކު ޞިއްޙި ވުޒާރާއިން މަޝްވަރާކުރައްވައިފިއެވެ.

އެ ވުޒާރާއިން ވިދާޅުވީ ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން ޞިއްޚީ ވުޒާރާއިން ޖަމިއްޔާތަކާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ.

މި ބައްދަލުވުމުގައި ޖެނެރޭޝަނަލް ބޭން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ.

ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން ޞީއްޚަތާބެހޭ ވަޒީރު ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އާއި ޔުނިސެފްގެ އޮފިޝަލުންނާއި އެކުވެސް  ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި ޖެނެރޭޝަނަލް ބޭން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން އެ އިދާރާތަކުން މި ބައްދަލުވުމުގައި ވަނީ ލަފާ ވެސް ދެއްވާފައެވެ.

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން ދުންފަތް ކޮންޓްރޯލް ކުރުމަށް ޖެނެރޭޝަން ބޭންއެއް ތަޢާރަފުކުރަން މި ސަރުކާރުން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ތެރެއިންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS