Ads by Aqeeqa Maldives

ޚަބަރު

ޖީސީޓީޕީއާ ގުޅިގެން ރާއްޖެ މަސައްކަތްކުރުމަކީ ލިބޭ ފަޚުރެއް: ނައިބު ރައީސް

ޖީސީޓީޕީއާ ގުޅިގެން ރާއްޖެ މަސައްކަތްކުރުމަކީ ލިބޭ ފަޚުރެއް: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 އޭޕްރީލު 2025، 06:02

08 އޭޕްރީލު 2025، 06:02

އުޒްބަކިސްތާނުގައި މިހާރު ކުރިއަށްދާ 150 ވަނަ އިންޓަރ ޕާލިމެންޓަރީ ޔޫނިއަން އެސެންބްލީގެ ތެރެއިން، ދުނިޔޭގެ ސަލާމަތާއި ހަމަޖެހުން ޤާއިމުކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް ގްލޯބަލް ކައުންސިލް ފޮރ ޓޮލަރެންސް އެންޑް ޕީސް (ޖީސީޓީޕީ) އާއި ނޮން-އެލައިންޑް މޫވްމެންޓް ޕާލިމެންޓަރީ ނެޓްވަރކް (އެންއޭއެމް) އާ ދެމެދު އެއްބަސްވުމެއް އެކުލަވާލައިފިއެވެ.

މި އެއްބަސްވުން އެކުލަވާލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ ދެ ޖަމުޢިއްޔާއަށް ތަހުނިޔާ ވިދާޅުވެފައެވެ. ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެފައިވަނީ މި އެއްބަސްވުމާ ގުޅިގެން ބައިނަލްއަޤުވާމީ ގުޅުންތައް ބަދަހިކުރުމަށާއި ޑިޕްލޮމަސީގެ ރީތި އުޞޫލުތައް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.



"ޖީސީޓީޕީއާ ގުޅިގެން ރާއްޖެ މަސައްކަތްކުރުމަކީ ލިބޭ ފަޚުރެއް،" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ގްލޯބަލް ކައުންސިލް ފޮރ ޓޮލަރެންސް އެންޑް ޕީސް (ޖީސީޓީޕީ) އަކީ ބައިނަލްއަޤުވާމީ ގުޅުންތައް ބަދަހިކުރުމާއި، ދުނިޔޭގައި ހަމަޖެހުމާއި ސަލާމަތް ޤާއިމުކުރުމާއި، ވަކި ނަސްލަކަށްވީތީ ކުރާ ތަފާތުކުރުންތައް ނައްތާލުމަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެކެވެ. 
                    

މި ލިޔުން ކިޔާލުމުން

Ads by MSS