Ads by Aqeeqa Maldives

ޚަބަރު

މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ޑީޖީ އަކަށް ޝިމާލް ހަމަޖައްސައިފި

މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ޑީޖީ އަކަށް ޝިމާލް ހަމަޖައްސައިފި

މެރިން ރިސާރޗް އިންސްޓިޓިއުޓްގެ އައު ޑީޖީ

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

07 އޭޕްރީލު 2025، 02:12

07 އޭޕްރީލު 2025، 02:12

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގެ އައު  ޑިރެކްޓާރ ޖެނެރަލަކަށް މުޙައްމަދު ޝިމާލް ހަމަޖައްސައިފި އެވެ.

އެ އިންސްޓިޓިއުޓުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ފާއިތުވީ ދިހަ އަހަރުދުވަހު ތެގޭގައި ދާއިރާއާއި އެ އިންސްޓިޓިއުޓް ކުރިއެރުމަށް ޝިމާލް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.އެގޮތުން އެ އިދާރާގެ ރިސާރޗް ޕްރޮގްރާމްތައް ފުޅާކުރުމުގައި ޝިމާލް މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. 

އެ އިދާރާގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމު ހުސްވެފައި ވަނީ، މީގެ ކުރިން އެ މަގާމުގައި ހުންނެވި ޝަފިއްޔާ ނައީމް މިއަަހަަރުގެ ޖެނުއަަރީ މަހު މަގާމުން ވަކިވުމުންނެވެ. ޝަފިއްޔާވަނީ މަގާމުން ވަކިވުމުގެ ކުރިން އެމްއެމްއާރްއައި އަށް 24 އަހަރު ހިދުމަތް ކުރައްވާފައެެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS