Ads by Aqeeqa Maldives

ޚަބަރު

އޮޅުހިޔާގައި މިހާރު 30 ބުޅާ ބަލަހައްޓަމުންދޭ

އޮޅުހިޔާގައި މިހާރު 30 ބުޅާ ބަލަހައްޓަމުންދޭ

އޮޅުހިޔަ ފެސިލިޓީގައި ބުޅާތަކެއް، ފޮޓޯ: ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

06 އޭޕްރީލު 2025، 04:02

06 އޭޕްރީލު 2025، 04:02

މަގުމަތީގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ޤާއިމްކުރި "އޮޅުހިޔާ"ގައި މިހާރު 30 ބުޅާ ބަލަހައްޓަމުންދާކަމަށް، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި ތަނަށް ބުޅާތައް ގެންދަން ފަށާފައިވަނީ މި އަހަރުގެ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހެވެ. އެގޮތުން އެ ދުވަހު އެ ތަނަށް ވަނީ 15 ބުޅާ ގެންގޮސްފައެވެ.

މި ފެސިލިޓީއަށް އެންމެ ފަހުން ގެނެވުނު ބަދަލުތައް ޙިއްސާ ކުރަމުން ދިރޭތަކެއްޗާއިބެހޭ ވުޒާރާއިން ސޯޝަލް މީޑިއާގައި ޙިއްސާކުރި ޕޯސްޓުގައި ބުނެފައިވަނީ، ބުޅާތައް ބޭތިއްބުމަށް ހާއްސަކުރެއްވިފައިވާ ތަންތަނުގައި ކުރިން ބޭނުންކޮށްފައި ހުރި ދަލުގެ ގޮޅި ބޮޑުކަމުން ކުދި ބުޅާތަކަށް އެ ތަނުން ބޭރަށް ނިކުމެވޭތީ، މިހާރު އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.



އެގޮތުން މި ތަންތަނުގައި ގޮޅި ކުދި ދާ ޖަހާފައިވާކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. 

މިދިޔަ މަހު ސޯޝަލް މީޑިއަގައި ޙިއްސާ ކުރި މެސެއްޖެއްގައި ދިރޭތަކެއްޗާއިބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ، ބުޅާތަކަށް ދޭންވާ ފަރުވާއާއި އެހެނިހެން ޚިދުމަތްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އެގޮތުން މެޑިކަލް ފެސިލިޓީއާއި ޑޮކްޓަރ ފެސިލިޓީ އަދި ވެޓް ކެއަރ ފެސިލިޓީގެ ޙިދުމަތް ފެށުމަށް ތައްޔާރުވަމުދާކަމަށެވެ. 

މި ފެސިލިޓީ ޤާއިމްކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސާ ގުޅިފައި އޮތް ފަރުކޮޅުފުށީގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS