Ads by Aqeeqa Maldives

ޚަބަރު

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ބްރޯޑްކާސްޓިންގް ކޮމިޝަން

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

06 އޭޕްރީލު 2025، 03:17

06 އޭޕްރީލު 2025، 03:17

މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަންގެ ބޯޑުން ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު  ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ވިދާޅުވީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރަކު އިސްތިޢުފާ ހުށަހަޅުއްވާފައިވާތީ، ހުސްވެފައިވާ މަގާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށް ހުޅުވާލާފައިވާކަަމަށެވެ. މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން 15 އެޕްރީލް 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ނައިބު ރައީސް އަދި މެމްބަރު މުހައްމަދު ފަޒީން އިސްތިއުފާ ދެއްވުމުންނެވެ. ފަޒީން އިސްތިއުފާ ދެއްވީ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއްގެ މައްސަަލައެއް ރައްޔިތުންގެ މަޖިލީހުން ބަލަމުން ދަނިކޮށެވެ.

މި މަޤާމަށް 18 އަހަރުން މަތީގެ ދިވެހި ކޮންމެ މުސްލިމް ރައްޔިތަކަށް ކުރިމަތިލެވޭނެއެވެ. މަޤާމަށް ކުރިމަތިލާ މީހާ އަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ. އަދި ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ މަޤާމެއްގައި ހުރި މީހަކު ކަމުގައިވެސް ވެގެން ނުވާނެއެވެ.

މަޤާމުގެ ޝަރުތު ތަކުގެ ތެރޭގައި ހިމެނޭ އަނެއް ޝަރުތަކީ ސިވިލް ސަރވިސްގެ ނުވަތަ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެހެންވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުމާއި، ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި މާލީ މަޞްލަޙަތެއް އޮތް މީހަކު ކަމުގައި ނުވުމެވެ.

5 އަހަރުގެ ދައުރަކަށް އައްޔަނުކުރާ،ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރުން ހޮވަނީ އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަންތައް ފޮނުއްވެވުމުން މަޖިލީހުންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS