Ads by Stelco

ޚަބަރު

ރައީސްއަށް މަރުގެ އިންޒާރުތަކެއް ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަން ފަށައިފި

ރައީސްއަށް މަރުގެ އިންޒާރުތަކެއް ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި  ތަޙުޤީޤު ކުރަން ފަށައިފި

ސަމިޓް އޮފް ދަ ފިއުޗަރ ސައިޑް އިވެންޓްގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

26 ސެޕްޓެމްބަރު 2024، 10:16

26 ސެޕްޓެމްބަރު 2024، 10:16

ފޭސްބުކް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު އަވަހާރަ ކޮށްލާނެ ކަމުގެ އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަޙުޤީޤު ކުރަން ފަށައިފިއެވެ.

ރައީސް އަށް މަރުގެ އިންޒާރު ދީފައި ވަނީ، ރޭ އދ.ގެ އާންމު މަޖިލީހުގައި ރައީސް ވާހަކަފުޅު ދައްކަވަނިކޮށް، ރައީސް އޮފީހުގެ ފޭސްބުކު ޕޭޖުން ލައިވްއަށް މީހަކު ކުރި ކޮމެންޓެއްގައެވެ. "އަބްލޮރ މިޔާދު ޔޫސުފް" ނަމުގައި އިން މި އެކައުންޓުން ކޮށްފައިވާ ކޮމެންޓުގައި ވަނީ  "ކަލޭ މަރާލާނަން! ފްރީ ފަލަސްޠީން" އެވެ. މި މައްސަލައާ ގުޅިިގެން ފުލުހުުން މައްސަލަ ތަޙުޤީގު ކުރަމުންދާކަން އިޢުލާނު ކުރުމުން އެކަމަށް ޖޯކު ޖަހައި، ފޭސްބުކުގައި އިތުރު ޕޯސްޓެއްވެސް އޭނާ ވަނީ ޖަހާފައެވެ. 

<blockquote class="twitter-tweet"><p lang="en" dir="ltr">The Maldives Police Service (MPS) has launched an investigation into the serious threats made against His Excellency, President Dr. Mohamed Muizzu. <a href="https://t.co/k6aupbHicv">https://t.co/k6aupbHicv</a></p>&mdash; Ahmed Shifan (@Shifan4040) <a href="https://twitter.com/Shifan4040/status/1839023737720680739?ref_src=twsrc%5Etfw">September 25, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>


މިމައްސަލައާ ގުޅިގެން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަޙުމަދު ޝިފާން ވިދާޅުވީ، ރައީސް، މުޢިއްޒުއަށް މަރުގެ އިންޒާރުތަކެއް ދިން މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީގު ކުރަން ފަށާފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS