Ads by Ministry of Arts, Culture and Heritage

ޚަބަރު

ސިހުރު ހަދާ މައްސަލަ ބޮޑުވެ، ކުޅުދުއްފުށިގައި ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް

ސިހުރު ހަދާ މައްސަލަ ބޮޑުވެ، ކުޅުދުއްފުށިގައި ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް

ކުޅުދުއްފުށި ސިޓީ ޕޮލިސް/ ފޮޓޯ: ކުޅުދުއްފުށި އޮންލައިން

20 ފެބްރުއަރީ 2025، 04:06

ފުލުހުންގެ މީޑިއާ އޮފިޝަލުން މަޢުލޫމާތުދެއްވާ ގޮތުގައި އެ ރަށުގައި ސިހުރު ހަދާކަމަށް ބެލެވޭ 10 ތަނެއް ބަލާ ފާސްކުރުމަށް އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. 

ސިހުރު ހަދާ މައްސަލަތަކާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މީގެ ކުރިން ވެސް އޮޕަރޭޝަންތައް ހިންގާފައި ވެއެވެ.

ރ. ކަނޑިތީމުގައި މިދިޔަ އޮގަސްޓު މަހު ފުލުހުން ވަނީ މިފަދަ ހަރަކާތެއް ހިންގާފައެވެ. ހަމައެހެންމެ މިދިޔަ ހަފްތާގައި ތ. ވިލުފުށީ ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހެދި ކަމަށްބުނާ މައްސަލާގައި ވެސް ފުލުހުން ވަނީ  މީހަކު ހައްޔަރުކޮށްފަ އެވެ.

ކުޅުދުއްފުށިގައި ހިންގަމުންދާ އޮޕަރޭޝަނާ ގުޅުގެން ފުލުހުން އެއްވެސް އިތުރު މަޢުލޫމާތެއް ދެއްވާފައެއް ނުވެއެވެ. މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ވެސް ނުވެއެވެ. 

Ads by Ministry of Arts, Culture and Heritage

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450