Ads by Farudhun

ޚަބަރު

އޮސްޓްރޭލިއާގެ ކޮޕް 31 ގެ ހާއްސަ މަންދޫބާއި މިނިސްޓަރު ޝަރީފް ބައްދަލުކުރައްވައިފި

އޮސްޓްރޭލިއާގެ ކޮޕް 31 ގެ ހާއްސަ މަންދޫބާއި މިނިސްޓަރު ޝަރީފް ބައްދަލުކުރައްވައިފި

އޮސްޓްރޭލިއާގެ ކޮޕް 31 ގެ ހާއްސަ މަންދޫބާއި މިނިސްޓަރު ޝަރީފް ބައްދަލުކުރެއްވުން/ ފޮޓޯ: ތިމާވެއްޓާ ބެހޭ ވުޒާރާ

ޢާއިޝަތު ޖަނާ ސަމީރު

ޢާއިޝަތު ޖަނާ ސަމީރު

15 ނޮވެމްބަރު 2026، 10:15

15 ނޮވެމްބަރު 2026، 10:15

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް ކޮޕް 31 ގެ ހާއްސަ މަންދޫބު އޮނަރަބަލް އިނިއާ ސެރުއިރާތު އާ ބައްދަލުކުރައްވައިފިއެވެ.

އޮނަރަބަލް އިނިއާ ސެރުއިރާތު އަކީ އޮސްޓްރޭލިއާ އިން ކޮޕް 31 އަށް ކަނޑައަޅާފައިވާ ހާއްސާ މަންދޫބެވެ. މި ބައްދަލުކުރެއްވުމުގައި ކޮޕް31 ގެ އޯޝަންސް އެންޑް ޕެސިފިކްގެ ޖެނެރަލް މެނޭޖަރު މިސް ލުއާނާ ކޯމެކް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ  މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރެވޭ ބައިނަލްއަގްވާމީ މަސައްކަތްތަކުގައި ރާއްޖެއިން ފުރިހަމައަށް އެއްބާރުލުން ދޭނެކަން ކަށަވަރުކޮށްދީފައިވެއެވެ.

އަދި މި ބައްދަލުވުމުގައި ވިލުންތެރިކަން އިތުރުކުރުމަށް ޓަކައި އެކުލަވާލާފައިވާ 'މިޓިގޭޝަން ވޯކް ޕްރޮގްރާމް' ގެ ތެރެއިން މޫސުމީ މާލީ އެހީތެރިކަން ހޯދުމުގެ މަގުތައް ފަހިކޮށް އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް މި ދާއިރާއަށް އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.



ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް (ސިޑްސް) ގެ މެދުގައި އެއްބައިވަންތަކަން ގާއިމް ކުރުމުގެ އިތުރުން އެ ގައުމުތަކުގެ މެދުގައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިފަދަ ނާޒުކު ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެކުގައި ބައިނަލްއަގްވާމީ މައިދާނުގައި ވަކާލާތުކޮށް އެދެވޭ ހެޔޮ ނަތީޖާއެއް ހޯދުމަށް މަސައްކަތްކުރުމަށް ވެސް ދެފަރާތުން އެއްބަސްވެފައިވެއެވެ.

Ads by Ministry of Arts, Culture and Heritage

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

ލިޔުން ޝާއީ ކުރިތާ 48 ގަޑިއިރުވެފައިވާތީ ހިޔާލު ހުށައެޅުމުގެ ފުރުސަތު ބަންދުކުރެވިފައި