ޚަބަރު
ގެއްލިގެން ހޯދަމުން ދިޔަ އިކްރާމް ހުޅުމާލެއިން ފެނިއްޖެ
ގެއްލިގެން ހޯދަމުން ދިޔަ އިކްރާމް--
ގެއްލިގެން ހޯދަމުން ދިޔަ ހއ. ދިއްދޫ، ޢާލިޔާ، އުމުރުން 32 އަހަރުގެ އާދަމް އިކްރާމް މިއަދު ހުޅުމާލެއިން ފެނިއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގެއްލިގެން ހޯދަމުންދިޔަ އާދަމް އިކްރާމް މިއަދުގެ މެންދުރު ކުރިން ހުޅުމާލެއިން ވަނީ ފެނިފައެވެ. އަދި އޭނާ ފެނުނުއިރު ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އާދަމް އިކްރާމް ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭ ދަންވަރުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ޚަބަރެއް ނުވެގެންނެވެ. އޭނާ ހޯދުމަށް ފުލުހުން ވަނީ އޭނާގެ ފޮޓޯއާއި ވަނަވަރު އާންމުކޮށް، އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެކަން ހިއްސާކުރުމަށް އެދި އިއުލާންކޮށްފައެވެ.
އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް، ސަލާމަތްތެރިކަމާއެކު އޭނާ ފެނިފައިވާކަން ފުލުހުން މިހާރު ވަނީ ޔަގީންކޮށްދީފައެވެ.