Ads by Farudhun

ޚަބަރު

ގއ. ގެމަނަފުށީ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ގއ. ގެމަނަފުށީ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ގއ. ގެމަނަފުށީ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: ކުޅިވަރާއި ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

11 ނޮވެމްބަރު 2026، 08:24

11 ނޮވެމްބަރު 2026، 08:24

ގއ. ގެމަނަފުށީ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އެސް.އޭ.އެން.އެން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެކު ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ކިނާނެވެ. އަދި އެސް.އޭ.އެން.އެން އިންޓަނޭޝަނަލްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޑިރެކްޓަރު ސަބާހު މުޙައްމަދެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަޝްރޫޢަކީ ރަށްރަށުގެ ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދެވޭ މުހިންމު މަޝްރޫޢެކެވެ.



ޒުވާނުންނަށާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ފެންވަރު ރަނގަޅު ވަސީލަތްތަކާއެކު ފުޓްބޯޅަ ދަނޑެއް ފޯރުކޮށްދީ، ރަށު ފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފުޓްސަލް ދަނޑުތައް އެޅުމާއި، މިހާރު ޤާއިމުކޮށްފައިވާ ދަނޑުތަކުގެ ޓާފް މަރާމާތުކުރުމާއި އައު ކުރުމުގެ މަސައްކަތްތައް އެކި ކުންފުނިތަކާ ޙަވާލުކޮށްގެން ދަނީ ހިންގަމުންނެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީގެކުރިން ހުއްޓިފައި ހުރި ކުޅިވަރު މަޝްރޫޢުތައް އަލުން ފަށައި، ހަލުވި ދުވެއްޔެއްގައި ނިންމުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

 

Ads by MSS

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450