ދުނިޔެ

އީރާނުގެ އަސްކަރިއްޔާ އޮތީ "ނިމިފައި": ޓްރަމްޕް

އީރާނުގެ އަސްކަރިއްޔާ އޮތީ "ނިމިފައި": ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ނޮވެމްބަރު 2026، 10:01

10 ނޮވެމްބަރު 2026، 10:01

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަސްކަރީ ގޮތުން "އަމަލީ ގޮތުން ނިމުމަކަށް އައިސްފައިވާ" ކަމަށް ބައްލަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

 ޓްރަމްޕް މިހެން ވިދާޅުވީ ވޮޝިންޓަން ޑީސީގައި ޤަތަރުގެ ބޮޑުވަޒީރާ އެކު ބޭއްވެވި ބައްދަލުކުރެއްވުމަކަށް ފަހުގައެވެ.

ހޯމަ ދުވަހު ކުއްލި ގޮތަކަށް ބޭއްވި ޕްރެސް ބްރީފިންއެއްގައި ޓްރަމްޕް ބުނީ އެމެރިކާއިން އީރާނުގެ އަސްކަރިއްޔާ ހަލާކުކޮށްލާފައިވާ ކަމަށެވެ. އަދި އަސްކަރީ ގޮތުން އީރާން މިހާރު އޮތީ މުޅިން ނިމިފައި ކަމަށާއި، މިހާރު ކަންކަން ހުރި ގޮތަށް ދަމަހައްޓަމުން ދަނީ އެ ސަރަޙައްދުގެ އަވަށްޓެރި ޤައުމުތަކުގެ އެދުމުގެ މަތިން ކަމަށްވެސް އޭނާ ބުނެފައިވެއެވެ. މި ބައްދަލުވުމުގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އަދި ޤަތަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލްޘާނީ ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޤަތަރުގެ ބޮޑުވަޒީރު ވިދާޅުވީ، ސަރަޙައްދުގެ މަސްރަޙާ ގުޅޭގޮތުންނާއި އެމެރިކާއާއި އީރާނުގެ މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ގޮތްތަކާމެދު ވާހަކަދެކެވުނު ކަމަށެވެ. އަދި އެއްބަސްވުމަކަށް އައުމަށާއި ސަރަޙައްދަށް ޞުލްޙަ ގެނައުމަށް ކުރެވުނު ފައްސި މަޝްވަރާތަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

އެހެންނަމަވެސް، މިހާރު އޮތް ޙާލަތު ދެމެހެއްޓުމުގެ މާނައަކީ އީރާނުގެ ބަނދަރުތަކާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ކަނޑުގެ ބަންދު ދެމެހެއްޓުމާއި، އެއްގަމާއި ކެސްޕިއަން ކަނޑު މެދުވެރިކޮށް ކުރާ ވިޔަފާރި ހުއްޓުވުމަށް އަލަށް އިޢުލާނުކުރި "ޓާސްކް ފޯސް އަޔަން ގޭޓް" ކުރިއަށް ގެންދިއުން ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އަސްކަރީ ފިޔަވަޅު އެޅުމަކީ ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި މިވަގުތު ނުފެނުނު ނަމަވެސް، ޙާލަތު ބަދަލުވެއްޖެނަމަ ކުރިމަތިލުމަށް އެމެރިކާ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޓްރަމްޕްގެ މި ވާހަކަތަކަށް އީރާނުގެ އޮފިޝަލުން ވަނީ ވަގުތުން ރައްދު ދެއްވާފައެވެ. އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙްސިން ރިޟާއީ ވިދާޅުވީ އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ސަރުކާރު މިހާރުވެސް ބަލިކަށިވެފައިވާ ކަމަށެވެ. އަދި ޚިޔާލީ މަޝްވަރާތަކެއްގެ ދޮގު ޚަބަރު ފެތުރުން ހުއްޓާލުމަށް އޭނާ ގޮވާލެއްވިއެވެ.

އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ވިދާޅުވީ، ޤައުމުގެ ސުޕްރީމް ލީޑަރު މުޖްތަބާ ޚާމަނާއީ ވަނީ މިހާރު އޮތް "ހަނގުރާމައެއްވެސް ނޫން އަދި ޞުލްޙައެއްވެސް ނޫން" ޙާލަތު ނިމުމަކަށް ގެނައުމަށް އެދިވަޑައިގެންފައި ކަމަށެވެ. އަދި މަޝްވަރާތަކަށް އީރާން ތައްޔާރަށް އޮތް ނަމަވެސް، އެއްވެސް ބާރަކަށް އަދި ބިރުދެއްކުމަކަށް ބޯނުލަނބާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ފެބްރުއަރީ 28 ގައި ފެށުނު މި ހަނގުރާމައިގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިއަށް ބޮޑެތި ލޮޅުންތަކެއް އަރައި، ސަރަޙައްދުގެ އެހެން ޤައުމުތަކަށްވެސް އޭގެ އަސަރު ވަނީ ފޯރާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450