Ads by Ministry of Arts, Culture and Heritage

ޚަބަރު

އައު ރިއަލް އެސްޓޭޓް ބިލް: ރާއްޖެއައުން މަނާ ބަޔަކަށް ރަސްމާލެއިން ޕްރޮޕަޓީއެއް ނުގަނެވޭނެ

އައު ރިއަލް އެސްޓޭޓް ބިލް: ރާއްޖެއައުން މަނާ ބަޔަކަށް ރަސްމާލެއިން ޕްރޮޕަޓީއެއް ނުގަނެވޭނެ

ރަސްމާލެ މަޝްރޫޢަށް ބިން ހިއްކުން. ފޮޓޯ: އެޗްޑީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ނޮވެމްބަރު 2026، 11:47

09 ނޮވެމްބަރު 2026، 11:47

ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނެތް ފަރާތްތަކަށް ރަސްމާލޭގެ އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުން އެއްވެސް ޕްރޮޕަޓީއެއް ގަތުމުގެ ހުއްދަ ނުލިބޭ ގޮތަށް އަލަށް އެކުލަވާލި ރިއަލް އެސްޓޭޓް ބިލުގައި ހިމަނައިފިއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، ރާއްޖެއަށް އެތެރެވުން މަނާ މީހުންގެ ތެރޭގައި އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ މީހުންނާއި ބައިނަލްއަގުވާމީ ކޯޓުތަކުން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ ފަރާތްތައް ހިމެނުމަށް އިމިގްރޭޝަން ގާނޫނަށް ގެންނަ އިސްލާހުގެ ބިލުވެސް މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

ރިއަލް އެސްޓޭޓް ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، އިމިގްރޭޝަން ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ނަމަވެސް ރާއްޖެއަށް އައުން ނުވަތަ ރާއްޖޭގައި ހުރުމުގެ ހުއްދަ ދެވެން ނެތް ގައުމަކަށް ނިސްބަތްވާ މީހަކަށް، ނުވަތަ އެފަދަ ފަރާތްތަކުގެ ކޮންޓްރޯލާއި މިލްކުވެރިކަން އޮންނަ އެއްވެސް ކުންފުންޏަކަށް ރަސްމާލޭގެ އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުން މުދަލެއްގެ ލީޒްހޯލްޑް ރައިޓެއް ނުވިއްކޭނެއެވެ. އަދި އެ ސަރަހައްދުގެ އެއްވެސް ބިމެއް ސަބްލީޒް ކުރުމަކީވެސް މަނާ ކަމެކެވެ. މީގެ އިތުރުން، މި މާއްދާއާ ހިލާފަށް ހިންގާ ކޮންމެ މުއާމަލާތަކީ ބާތިލު މުއާމަލާތެއްގެ ގޮތުގައިވެސް ބިލުގައި ވަނީ ކަނޑައަޅާފައެވެ.

މި ބިލުގައި ވަކިން ހާއްސަކޮށް އިޒްރޭލާ ގުޅޭގޮތުން ބަޔާންކޮށްފައިވަނީ، ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އިޒްރޭލުގެ ރައްޔިތުންނަށް ނުވަތަ އެ ގައުމުގެ ރައްޔިތުންގެ މިލްކުވެރިކަން ނުވަތަ ހިއްސާއެއް ސީދާކޮށް އަދި ނުސީދާކޮށް އޮންނަ އެއްވެސް ޝަހުސަކަށް އެ ޒޯނުން މުދަލެއްގެ ލީޒްހޯލްޑް ރައިޓްސް ވިއްކުމާއި ބިން ސަބްލީޒް ކުރުން މަނާވާނެ ކަމަށެވެ. މިއީ އިޒްރޭލާއި އެ ގައުމާ ގުޅުން ހުރި ވިޔަފާރިތަކަށް މި ފުރުސަތު އެއްކޮށް ބަންދުކުރުމަށް ހިމަނާފައިވާ މާއްދާއެކެވެ.

އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހުގެ ދަށުން، އިޒްރޭލުގެ ރަށްވެހިކަން އޮންނަ އަދި އެހެން ގައުމުތަކުގެ ޕާސްޕޯޓް އޮންނަ ފަރާތްތަކަށްވެސް (ޑުއެލް ސިޓިޒެންޝިޕް) ރާއްޖެ އެތެރެވުން މަނާވާނެއެވެ. މީގެ ކުރިން އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުން ޣައްޒާގައި ފެށި އުދުވާނާ ގުޅިގެން ވަގުތީ ގޮތުން މަނާކުރުމަށް ވިސްނި ނަމަވެސް، މިހާރު ހުށަހެޅި އިސްލާހުގައި ވަނީ އެއްވެސް ޝަރުތެއް ނެތި އިޒްރޭލު ޕާސްޕޯޓު އޮންނަ އެންމެން ރާއްޖެ އެތެރެވުން މަނާކުރުމަށެވެ. މީގެ އިތުރުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ ފަރާތްތަކަށްވެސް ރާއްޖެ ނާދެވޭނެ ކަމަށް ކަނޑައަޅާފައިވާއިރު، އޭގެ ތެރޭގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އެ ސަރުކާރުގެ އިސް ވެރިން ހިމެނެއެވެ.

މި އިސްލާހުތަކާ އެކު، ރާއްޖޭގެ ސިޔާދަތާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މީހުންނާއި، ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން ހުރި މީހުންނާއި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކުށްތަކަށް ތުހުމަތުކުރެވޭ މީހުންނަށް ރާއްޖެއަށް އެތެރެވުމުގެ ދޮރު ބަންދުވެގެންދާނެއެވެ. އަދި އިންޓަޕޮލް ލިސްޓުގައި ހިމެނޭ މީހުންނާއި، އެހެން ގައުމުތަކުގެ ތަހުގީގީ އިދާރާތަކަށް ފިލައިގެން އުޅޭ މީހުންނާއި، ރާއްޖޭގެ އިޖުތިމާއީ އަދި ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފާނެ ކަމަށް ބެލެވޭ މީހުންނަށްވެސް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނޯންނާނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

Ads by Ministry of Arts, Culture and Heritage

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450