Ads by Farudhun

ޚަބަރު

އައު ރިއަލް އެސްޓޭޓް ބިލާއެކު ޝަރީޢަތާ ޚިލާފު ކަންކަން ކުރުން މަނާވާނެ

އައު ރިއަލް އެސްޓޭޓް ބިލާއެކު ޝަރީޢަތާ ޚިލާފު ކަންކަން ކުރުން މަނާވާނެ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް. ފޮޓޯ: މަޖިލިސް އިދާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ނޮވެމްބަރު 2026، 11:46

09 ނޮވެމްބަރު 2026، 11:46

ރާއްޖޭގައި ރިއަލް އެސްޓޭޓް ވިޔަފާރި ތަރައްގީކުރުމުގެ ދާއިރާއަށް ހާއްސަކޮށްގެން ސަރުކާރުން އެކުލަވާލި "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި ބިލުގެ ދަށުން އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯންތައް ހެދުމުގެ ފުރުސަތު ލިބުނު ނަމަވެސް، އެފަދަ ތަންތަނުގައި އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފު އެއްވެސް އަމަލެއް ހިންގުން މަނާވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

މަޖިލީހުގެ އިދާރާއިން މިއަދު އާންމުކޮށް ފުރަތަމަ ކިޔުން އިއްވި މި ބިލުގައި ބުނެފައިވަނީ، އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯންތަކުގައި ޖުވާކުޅުމާއި، އިސްލާމްދީން ފިޔަވައި އެހެން ދީންތަކަށް އަޅުކަން ކުރާ ތަންތަން ހެދުމަކީ މުޅިން މަނާ ކަންކަން ކަމަށެވެ. އަދި މި ޒޯންތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ދިވެހި ސަލާމަތީ ހިދުމަތްތަކުން ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން އިޒްރޭލުގެ ރައްޔިތުންނަށާއި އެ ގައުމުގެ މީހުންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ޕްރޮޕަޓީ ނުގަނެވޭ ގޮތަށް ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.

ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޭން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި ހުށަހެޅި މި ބިލުގެ މައިގަނޑު މަގުސަދަކީ ފްލެޓާއި ގޯތި ގަންނަ ފަރާތްތަކުގެ ފައިސާއަށް ގާނޫނީ ފުރިހަމަ ރައްކާތެރިކަން ހޯދައިދިނުމެވެ. އެގޮތުން މި ދާއިރާ ރެގިއުލޭޓް ކުރުމަށްޓަކައި މިނިސްޓްރީގެ ދަށުން ހިނގާ "ޕްރޮޕާޓީ ރެގިއުލޭޓަރީ އޮތޯރިޓީ" ގެ ނަމުގައި ވަކި އިދާރާއެއް އުފައްދައި، އޮފް-ޕްލޭންކޮށް ވިއްކާ ޔުނިޓުތަކުގެ ފައިސާ ޖަމާކުރަން ހާއްސަ އެސްކްރޯ އެކައުންޓްތައް ބޭނުންކުރުން މަޖުބޫރު ކުރުން ހިމެނެ އެވެ.

ބިލުގައިވާ ގޮތުން މަދުވެގެން 200 ހެކްޓަރުގެ ބިމާއި އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހިމެނޭ ބޮޑެތި މާސްޓާ ޕްލޭން މަޝްރޫއުތަކަށް ރައީސުލްޖުމްހޫރިއްޔާއަށް އިންޓެގްރޭޓެޑް ޒޯންތައް ކަނޑައެޅިދާނެ އެވެ. އަދި އެއްވެސް އެއް ގައުމެއްގެ ފަރާތްތަކަށް މިފަދަ ޒޯނެއްގެ 25 ޕަސެންޓަށް ވުރެ ގިނަ ބިން ނުވަތަ ޔުނިޓް ނުވިއްކޭނެ ކަމަށް ވެސް 14 ބާބާއި 160 އަށް ވުރެ ގިނަ މާއްދާ އެކުލެވޭ މި ބިލުގައި ބަޔާންކޮށްފައިވެ އެވެ.

Ads by MSS

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450