Ads by Ministry of Arts, Culture and Heritage

ޚަބަރު

އައު އިމިގްރޭޝަން ބިލުން އިސްރާއީލު މީހުން ރާއްޖެއަށް އެތެރެވުން މުތުލަގަށް މަނާވާނެ - ރައީސް

އައު އިމިގްރޭޝަން ބިލުން އިސްރާއީލު މީހުން ރާއްޖެއަށް އެތެރެވުން މުތުލަގަށް މަނާވާނެ - ރައީސް

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

09 ނޮވެމްބަރު 2026، 10:55

09 ނޮވެމްބަރު 2026، 10:55

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އައު އިމިގްރޭޝަން ބިލުގެ ދަށުން، ވަކި ހާލަތަކަށް ނުވަތަ ޝަރުތަކަށް ބެލުމެއްނެތި، އިސްރާއީލުގެ ޕާސްޕޯޓު އޮންނަ އެއްވެސް މީހަކަށް ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް މުތުލަގަށް މަނާކުރުމަށް ނިންމައިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްސަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިމިގްރޭޝަންގެ މިހާރުގެ ޤާނޫނުގައި އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކޮށްފައި އޮތް ނަމަވެސް، އެއީ 7 އޮކްޓޯބަރު 2023 ގެ ހާދިސާއާ ގުޅިގެން ޣައްޒާގައި ހިންގަމުންދިޔަ ޖަރީމާތަކާ ގުޅުވައިގެން ވަކި ހާލަތެއް ބަދަލުވަންދެން ގެނެސްފައިވާ ވަގުތީ އިސްލާހެއް ކަމަށެވެ. އެހެންނަމަވެސް، މަޖިލީހަށް އަލަށް ހުށަހެޅި ބިލުގައި އެ މާއްދާ އިސްލާހުކޮށްފައިވަނީ އެއްވެސް ހާލަތަކަށް ނުވަތަ ވަކި ކަމަކަށް ރިއާޔަތްކުރުމެއް ނެތި، ދާއިމީކޮށް އިސްރާއީލު މީހުންނަށް ރާއްޖޭގެ ދޮރުތައް ބަންދުވާނެ ގޮތަށެވެ.

"މިހާރުގެ ބިލުގައި އެ ހާލަތަށް ރިއާޔަތްނުކޮށް މުތުލަގަށް އަޅުގަނޑުމެން ބަޔާންކޮށްފައި އޮންނާނެ އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއަށް ނާދެވޭނެކަމަށް. އެހެންވީމާ ވަރަށް ފާމްކޮށް ނޫނީ ވަރަށް ސާފުކޮށް އަޅުގަނޑުމެން މިބަޔާންކުރަނީ އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއަށް ނާދެވޭނެކަމަށް. އެއީ ވަކި ކަމަކާ ގުޅުވައިގެންނެއް ނޫން،"

ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ، ސަރުކާރުގެ މި ނިންމުމަކީ ފަލަސްތީނުގެ ކުށެއްނެތް އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ނަސްލު ނައްތައިލުމުގެ އަމަލުތަކާ ދެކޮޅަށް ދިވެހި ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ނިންމި ނިންމުމެއް ކަމަށެވެ. އަދި ޞަހްޔޫނީންގެ އެ އަނިޔާވެރި އަމަލުތަކަކީ ރާއްޖެއިން އެއްވެސް އިރެއްގައި ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއިން މިހާރު އަދާކުރަމުންދާ ދައުރު ފުޅާކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ތާރީޚުގައި ފުރަތަމަ ފަހަރަށް އިސްރާއީލާ ދެކޮޅަށް ބައިނަލްއަޤުވާމީ ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތަކުގައި ދިވެހިރާއްޖެއިން ތަދައްޚުލްވެ، ރަސްމީކޮށް ވަކާލާތު ކުރަން ފަށާފައިވާ ކަމަށާއި، ދުނިޔޭގެ އެކި މަންސަތަކުގައި ފަލަސްތީނުގެ ހައްގުގައި ރާއްޖޭގެ އަޑު އުފުލުން މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450