Ads by Farudhun

ޚަބަރު

5 މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް އިންޑިއާއިން 1،200 ގަސް ހަދިޔާކޮށްފި

5 މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް އިންޑިއާއިން 1،200 ގަސް ހަދިޔާކޮށްފި

5 މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް އިންޑިއާއިން 1،200 ގަސް ހަދިޔާކުރުން--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

09 ނޮވެމްބަރު 2026، 07:24

09 ނޮވެމްބަރު 2026، 07:24

ދިވެހިރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް 1،200 ގަސް ހަދިޔާކޮށްފިއެވެ.

ދިވެހި ސަރުކާރާ ގަސްތައް ހަވާލުކުރުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން އެ ގަސްތައް ހަދިޔާކޮށްދެއްވީ، ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ޖީ. ބާލަސުބްރަމަނިއަމްއެވެ. އަދި އެ ގަސްތަކާ ރާއްޖޭގެ ފަރާތުން ހަވާލުވެލެއްވީ، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޢަލީ ޝަރީފާއި، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަލްފާޟިލް އަޙްމަދު ޝިޔާމާއި، ޑިޕްލޮމެޓިކް ކޯގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ގަސް އިންދުން ކުރިއަށްދިޔައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢާރަފް ކުރެއްވި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސްތައް އިތުރުވެ، ހިޔާ ލިބި، ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ހިތްފަސޭހަ ތަންތަނަށް ވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން ލިބުނު އެހީއަށް ޚާރިޖީ ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއި، ރާއްޖޭގެ އިސްކަންދޭ ގައުމީ މަސައްކަތްތަކުގައި އިންޑިއާއިން ދެމުންގެންދާ އެއްބާރުލުން ރަމްޒުކޮށްދޭ ކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތު މި މަހު ފާހަގަކޮށް ނިމުނުއިރު، ރާއްޖޭގައި މިހާރު ހިނގަމުންދާ މަޝްރޫއުތަކަށާއި، ކުރިއަށް ރޭވިފައިވާ މަޝްރޫއުތަކަށް އިންޑިއާ ސަރުކާރުން ދެއްވަމުންދާ އެހީތެރިކަމަށް ވެސް ވަޒީރު އިރުތިޝާމް އަލިއަޅުއްވާލެއްވިއެވެ.

Ads by Ministry of Arts, Culture and Heritage

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450