Ads by Ministry of Arts, Culture and Heritage

ޚަބަރު

ފިނިކުރާ ނިޒާމުތައް ހަކަތައަށް އެފިޝަންޓް ކުރަންޖެހޭ ކަމަށް ސްޓޭޓް މިނިސްޓަރު ފާރިސް ވިދާޅުވެއްޖެ

ފިނިކުރާ ނިޒާމުތައް ހަކަތައަށް އެފިޝަންޓް ކުރަންޖެހޭ ކަމަށް ސްޓޭޓް މިނިސްޓަރު ފާރިސް ވިދާޅުވެއްޖެ

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލީ ފާރިސް---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

08 ނޮވެމްބަރު 2026، 11:14

08 ނޮވެމްބަރު 2026، 11:14

ހައިޑްރޯފްލޯރޯކާބަންސް (އެޗް.އެފް.ސީ) ބޭނުންކުރާ މިންވަރު މަދުކުރުމަށް ކުރެވޭ މަސައްކަތްތަކާއެކު، ފިނިކުރާ ނިޒާމުތަކުގައި ހަކަތަ ބޭނުންކުރެވޭ މިންވަރު ރަނގަޅުކުރުމުގެ މަސައްކަތް ވެސް އެކުއެކީގައި ކުރިއަށްދާންޖެހޭ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލީ ފާރިސް ވިދާޅުވެއްޖެއެވެ. 

ސްޓޭޓް މިނިސްޓަރު މިފަދައިން ވިދާޅުވީ ދާދިފަހުން ބޭއްވުނު "ފްރެންޑްސް އޮފް ދަ ކިގާލީ އެމެންޑްމަންޓް މިނިސްޓީރިއަލް ބްރެކްފަސްޓް" ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަލީ ފާރިސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެންމެ ފުރިހަމަ ފައިދާއެއް ހޯދޭނީ އެޗް.އެފް.ސީ ފަދަ ގެދަނބުޅި ގޭސްތައް ބޭނުންކުރުން މަދުކުރުމުގެ އިތުރުން، ފިނިކުރުމަށް ބޭނުންކުރާ ވަސީލަތްތަކަކީ މަދު ހަކަތައަކުން ބޮޑު ނަތީޖާއެއް ނެރެދޭ ތަކެތި ކަމުގައި ހަދައިގެން ކަމަށެވެ.



މީގެއިތުރުން، މި ބަދަލުތައް ގެންނައިރު އެންމެންނަށް ވެސް އަތްފޯރާ އަގެއްގައި ފިނިކުރާ ނިޒާމުތައް ލިބެންހުރުމުގެ މުހިންމުކަން ވެސް ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ރައްކާތެރިކުރުމަށާއި، ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިޔުން ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މިފަދަ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން އިސްނަގައިގެން އަބަދުވެސް ވަކާލާތުކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން މި ބައްދަލުވުމުގައި ވަނީ ދެއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450