Ads by Ministry of Arts, Culture and Heritage

ޚަބަރު

އޯޒޯން މުއާހަދާތައް ތަންފީޒުކުރުމުގައި އެންމެންގެ ބައިވެރިވުން ކަށަވަރުކުރުމަށް ރާއްޖެއިން ގޮވާލައިފި

އޯޒޯން މުއާހަދާތައް ތަންފީޒުކުރުމުގައި އެންމެންގެ ބައިވެރިވުން ކަށަވަރުކުރުމަށް ރާއްޖެއިން ގޮވާލައިފި

މޮންޓްރިއަލް ޕްރޮޓޮކޯލްގެ ބައިވެރިންގެ 38 ވަނަ ބައްދަލުވުން--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

08 ނޮވެމްބަރު 2026، 09:47

08 ނޮވެމްބަރު 2026، 09:47

އޯޒޯން ފަށަލަ ހިމާޔަތްކުރުމާއި ގުޅޭ ބައިނަލްއަޤްވާމީ މުއާހަދާތައް ތަންފީޒުކުރުމުގައި، ހުރިހާ ޤައުމުތަކެއްގެ ބައިވެރިވުން ޔަޤީންކޮށް، އެ ޤައުމުތަކުގެ ބޭނުންތަކަށް ރިޢާޔަތްކުރުމުގެ މުހިންމުކަން ރާއްޖެއިން ފާހަގަކޮށްފިއެވެ.

މިކަމަށް ގޮވާލައްވާފައި ވަނީ މޮންޓްރިއަލް ޕްރޮޓޮކޯލްގެ ބައިވެރިންގެ 38 ވަނަ ބައްދަލުވުން (އެމް.އޯ.ޕީ 38) ގައި ރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވަމުން، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަލީ ފާރިސް ޔޫސުފެވެ.

ސްޓޭޓް މިނިސްޓަރ ޢަލީ ފާރިސް ދެއްވި ބަޔާނުގައި، އޯޒޯން މުއާހަދާތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް ޓަކައި ހުރިހާ ޤައުމުތަކުގެ ބޭނުންތައް ދެނެގަނެ، އެކަންކަމަށް އިޖާބަދެވޭނެ ފަދަ އިންސާފުވެރި ނިޒާމެއް އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި މި އަމާޒަށް ވާސިލުވުމަށް ޓަކައި މަލްޓިލެޓަރަލް ފަންޑުގެ އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން އިތުރުކުރުމަށާއި، އައު ޓެކްނޮލޮޖީތައް ފޯރުކޮށްދިނުމާއި، ޤާބިލުކަން އިތުރުކުރުމަށް އެހީތެރިވުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ. 

ވަކިން ޚާއްޞަކޮށް، ހަކަތަ މަދުން ބޭނުންކުރާ އަދި ދުނިޔެ ހޫނުވުމަށް ބާރުއަޅާ މިންވަރު ކުޑަ (ލޯ ގްލޯބަލް ވާމިންގ ޕޮޓެންޝަލް) ވަސީލަތްތަކަށް ބަދަލުވުމަށް ބާރުއެޅުމުގެ މުހިންމުކަން ރާއްޖޭގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމަކަށް ވުމާއެކު، މޫސުމީ ބަދަލުތަކުންނާއި އޯޒޯން ފަށަލައަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް އަންނަނީ އިސް ދައުރެއް އަދާކުރަމުންނެވެ.

Ads by MSS

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450