Ads by Farudhun

ޚަބަރު

ށ. އިން ފެށިގެން ގދ. އަތޮޅަށް ހުދު ސަމާލު ނެރެފި

ށ. އިން ފެށިގެން ގދ. އަތޮޅަށް ހުދު ސަމާލު ނެރެފި

މާލެއަށް ވައިގަދަވެ މޫސުން ގޯސްދުވަހެއް. ފޮޓޯ: ވަން

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

21 އޮކްޓޯބަރު 2026، 10:49

21 އޮކްޓޯބަރު 2026، 10:49

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ށ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

ހުދު ސަމާލު ނެރެފައިވަނީ، މިއަދު ހެނދުނު 10:20 އިން ފެށިގެން ހަވީރު 16:20 އާ ހަމައަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ހުދު ސަމާލު ނެރެފައިވާ ގަޑިތަކުގައި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.


މެޓް އޮފީހުން ދަނީ 24 ގަޑިއިރަށް ބަލާއިރު ވާރޭ ވެހޭ މިންވަރު ރެކޯޑް ކުރަމުންނެވެ. އެގޮތުން، ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެންމެ ގިނައިން ވާރޭވެހިފައިވާކަމަށް ރެކޯޑް ކުރެވިފައިވަނީ ގދ. ފަރެސްމާތޮޑާއަށެވެ. އެއީ 62.2 މިލިމީޓަރުގެ ވާރެއެވެ.

Ads by Ministry of Arts, Culture and Heritage

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450