Ads by Ministry of Arts, Culture and Heritage

ޚަބަރު

ރަސްމާލޭގެ މައްޗަށް ހިނގާނީ ރާއްޖޭގެ ސިޔާދަތީ ބާރު: އެހެން ދީނެއްގެ ޝިޢާރު ފާޅުކުރުމުގެ ޖާގައެއް ނޯންނާނެ - ރައީސް

ރަސްމާލޭގެ މައްޗަށް ހިނގާނީ ރާއްޖޭގެ ސިޔާދަތީ ބާރު: އެހެން ދީނެއްގެ ޝިޢާރު ފާޅުކުރުމުގެ ޖާގައެއް ނޯންނާނެ - ރައީސް

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ޕަލްސް ގައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

20 އޮކްޓޯބަރު 2026، 04:48

20 އޮކްޓޯބަރު 2026، 04:48

ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫޢުގެ ދަށުން ހިއްކާ ސަރަޙައްދުގައި، އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ ޝިޢާރު ފާޅުކުރުމުގެ އެއްވެސް ފުރުޞަތެއް ނޯންނާނެ ކަމަށާއި އެ ބިމުގެ މައްޗަށް ފުރިހަމައަށް ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ސިޔާދަތީ ބާރުކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމުކޮށްގެން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ރަސްމާލޭގައި ބޭރުގެ ބޮޑު އާބާދީއެއް ވަޒަންވެރިވެ، އެހެން ދީންތަކުގެ ޝިޢާރުތައް ފާޅުކުރަން ފުރުޞަތު ލިބިގެންދާނެ ކަމަށް ބުނެ ދައްކަމުންދަނީ ސިޔާސީ މަޤްޞަދެއްގައި މި މަޝްރޫޢުގެ އަގުވައްޓާލަން ބަޔަކު ދައްކާ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

ރާއްޖޭގެ ސިޔާދަތީ އިމުގެ ތެރޭގައި ހިމެނޭ އެއްވެސް ތަނެއްގައި އިސްލާމީ އުޞޫލުތަކާ ޚިލާފު ކަންކަމަށް ޖާގަ ނުދެވޭނެކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ރަސްމާލެއަކީ ދިވެހިރާއްޖޭގެ ސަރަޙައްދީ އިމުގެ ތެރޭގައި އޮތް ބިމެއް ކަމުން އެތަނެއްގެ މައްޗަށް ދިވެހި ދައުލަތުގެ ޤާނޫނުއަސާސީ ވަރަށް ސާފުކޮށް ހިނގާނެ ކަމަށެވެ. އެހެންކަމުން، އެ ބިމުގައި އެހެން ދީނެއްގެ ކަންކަން ޢަމަލީ ގޮތުން ކުރުމާއި ދީނީ ޙަރަކާތްތައް ހިންގުމަކީ ދިވެހި ޤާނޫނުތައް ތަންދޭނެ ކަމެއް ނޫން ކަމަށް ރައީސް ބަޔާންކުރެއްވިއެވެ.

"އެހެންވީމާ ދިވެހި ދައުލަތުގެ ގާނޫނުއަސާސީ މިތަނަށް ހިނގާނީ. ގާނޫނުއަސާސީ ވަރަށް ސާފު. އެހެންވީމާ އެއްގޮތަކަށްވެސް ފުރުސަތެއް އޮތްކަމެއް ނޫން، އެހެން ދީނެއް ޕްރެކްޓިސްކުރުން އެތަނުގައި، ނުވަތަ އެހެން ދީނެއްގެ މީހުން އެމީހުންގެ ދީނީ ކަންކަން ކުރުމަށްޓަކައި އެކި ކަހަލަ ކަންކަން ހިންގުމަށް ފުރުސަތު ދިނުމަކީ ދިވެހި ދައުލަތުގެ އިމުގެ ތެރޭގައި ހިނގާނެ ކަމެއް ނޫން އަދި ހިންގޭނެ ކަމެއްވެސް ނޫން،"

ރައީސް ވިދާޅުވިއެވެ. 

މިކަމަށް އިތުރަށް ބާރުއަޅުއްވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ކޮންމެ ވަގުތަކުވެސް ގާތްގަނޑަކަށް ދެ ލައްކައެއްހާ ފަތުރުވެރިން އަދި އެކި ދާއިރާތަކުގައި މަސައްކަތްކުރާ އެތައް ހާސް ބިދޭސީން ދިރިއުޅެމުންދާއިރުވެސް، ރާއްޖޭގެ އެއްވެސް ރިސޯޓެއްގައި ނުވަތަ އެހެން ތަނެއްގައިވެސް އެހެން ދީންތަކުގެ އަޅުކަންކުރާ ތަންތަން ހެދުމުގެ ފުރުޞަތު ދުވަހަކުވެސް ދީފައެއް ނުވެއެވެ. އަދި ދިވެހި ފަސްގަނޑުގައި ދުވަހަކުވެސް އެފަދަ ކަމަކަށް ޖާގަ ނުދެއްވާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

މީގެއިތުރުން، އީގަލް ހިލްސް ކުންފުންޏާ ޙަވާލުކޮށްގެން ތަރައްޤީކުރާ 500 ހެކްޓަރުގެ ސަރަޙައްދާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ސަރަޙައްދުގައި އެއްވެސް ސްކޫލެއް ނުހުންނާނެ ކަމަށާއި، ނަމަވެސް ދިވެހި ފުލުހުންގެ މަރުކަޒެއް ޤާއިމުކުރެވިގެންދާނެ ކަމަށެވެ. އަދި އެތަނަކީ ރާއްޖޭގެ ޤާނޫނު ނުހިނގާ ވަކި ސަރަޙައްދެއްގެ ގޮތުގައި ދައްކަން ބަޔަކު އުޅެނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށްޓަކައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ތަކުރާރުކޮށް ވިދާޅުވީ، ދިވެހިރާއްޖޭގެ ކޮންމެ ވެލިފުކެއްގެ މައްޗަށްވެސް ހިނގާނީ ރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނުތައް ކަމަށާއި، މި ޤައުމުގެ ކޮންމެ ތަނެއްގައިވެސް އަބަދުމެ ދެމިއޮންނާނީ މާތްވެގެންވާ އިސްލާމްދީން ކަމުގައެވެ.

Ads by MSS

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ސ

ސ

20/10/2026 17:00

އެމްޑީޕީއަކީ އަބަދުވެސް އިންޑިއާގެ މަސްލަހަތު އިސްކުރާ އިންޑިއާ ފަސްޓުހަދާބައެ.މިފަހަރުވެސް އެއިސްކުރީ އިންޑިއާ ފަސްޓު.އިންޑިއާއިން ބޭނުމެނުވޭ މިގައުމު ކުރިއަރާކަ. ފ މަސްއޫރު ހުއްޓުވީވެސް އިންޑިއާ ބޭނުންވެގެން.ކަނޑުގެބައެ ދޫކޮލީވެސް އިންޑިއާ ރުސްސަން. ރަސްމާލެ މަސްރޫއު ހުއްޓުވާފިޔާ އެމްޑީޕީއަ ވެރިކަމެ ނުލިބޭނެ. ދިވެހިން ރަންނަމާރި ވާހަކަ ގަބޫލެމިހާރު ނުކުރާނެ،….