Ads by Farudhun

ޚަބަރު

ފިރިހެން ފުލުހުންނަށް ނުވިސްނޭ ނަޒަރިއްޔާތަކުން ވިސްނުމުގެ ޤާބިލުކަން އަންހެން ފުލުހުންގެ އެބަހުރި: ސީޕީ

ފިރިހެން ފުލުހުންނަށް ނުވިސްނޭ ނަޒަރިއްޔާތަކުން ވިސްނުމުގެ ޤާބިލުކަން އަންހެން ފުލުހުންގެ އެބަހުރި: ސީޕީ

ކޮމިޝަނަރ އޮޕް ޕޮލިސް އަޙުމަދު މުޙައްމަދު---

farudhun logo

ފަރުދުން

21 ސެޕްޓެމްބަރު 2026، 07:57

21 ސެޕްޓެމްބަރު 2026، 07:57

ފުލުހުންގެ ތަޙުޤީޤީ މަސައްކަތްތަކުގައި، ފިރިހެން ފުލުހުންނަށް ނުވިސްނޭ އެކި ތަފާތު ނަޒަރިއްޔާތަކުން ވިސްނުމުގެ ޤާބިލުކަން އަންހެން ފުލުހުންގެ ކިބައިގައި އެބަހުރި ކަމަށް ކޮމިޝަނަރ އޮޕް ޕޮލިސް އަޙުމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ، ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ އަންހެން ފުލުހުންގެ ދައުރު ފާހަގަކުރުމަށް އުފައްދާފައިވާ "ވިމަން އިން ޕޮލިސިންގ" ހަރަކާތަށް 4 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އެގޮތުން، ތަޙުޤީޤީ އަދި އޮޕަރޭޝަނަލް ޚިދުމަތްތަކުގައި އަމިއްލަ އިސްނެގުމާއެކު، އަންހެން ފުލުހުން ކެރިގެން ކުރީ ސަފަށް ނިކުތުމަށް ސީޕީ ވަނީ ގޮވާލައްވާފައެވެ.

ސީޕީ ވިދާޅުވީ އެންމެ ފުރަތަމަ އެންމެ 10 އަންހެން ފުލުހުންނާއެކު ފެށި ޚިދުމަތުގައި، މިހާރު 1300އަށްވުރެ ގިނަ އަންހެން ފުލުހުން އެކި ދާއިރާތަކުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެއިތުރުން، ކުރިއަށްދިއުމުގެ ހަމަހަމަ ފުރުޞަތުތައް އަންހެން ފުލުހުންނަށްވެސް ފުލުހުންގެ އިދާރާގައި ފަހިވެފައިވާކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ، އައު މުވައްޒަފުން ރެކްރޫޓްކުރުމުގައާއި، ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދައިދޭ ތަމްރީންގެ ފުރުޞަތުތަކުގައިވެސް ގިނަ އަދަދެއްގެ އަންހެން ފުރުލުހުން ބައިވެރިވަމުންދާ ކަމަށެވެ.

ފުލުހުންގެ ޚިދުމަތުގައި މިހާރަށްވުރެ ބޮޑަށް ލީޑަޝިޕްގެ މަޤާމުތަކުން އަންހެން ފުލުހުންގެ ދައުރު ފެންނަން ބޭނުންވާކަމަށް ސީޕީ ވިދާޅުވިއެވެ. އަދި މަސައްކަތުގެ މައިދާނުގައި މިކަމަށް ޝައުގުވެރިކަން ފާޅުކޮށް، ފުލުހުންގެ އިދާރާގައި ހުރި ފުރުޞަތުތަކަށް ކުރިމަތިލާ ކުރީ ސަފަށް ނިކުތުމަށް އެދިވަޑައިގެންނެވިއެވެ.

ސީޕީ ވަނީ ފުލުހުންގެ ޚިދުމަތުގައި ހުރި ތަފާތު އެކި ދާއިރާތަކުން ކުރިއަށްދިއުމުގެ ވަރުގަދަ އަޒުމެއް ކަނޑައެޅުމަށް ހުރިހާ އަންހެން ފުލުހުންނަށް ގޮވާލައްވާފައެވެ. އަދި ޚިދުމަތުގައި އުޅޭއިރު، ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ތައްޔާރުވެ، ކޮންމެފަދަ ޙާލަތަކާވެސް ކުރިމަތިލާން ތައްޔާރަށް ތިބި ބަޔަކަށް ކޮންމެ އަންހެން ފުލުހަކު ވުމަށްވެސް ސީޕީ ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450