Ads by Ministry of Arts, Culture and Heritage

ޚަބަރު

ޝައިޙް ފަރީދުގެ ހަނދާނުގައި ހުޅުމާލޭގައި މިސްކިތެއް ބިނާކުރަނީ

ޝައިޙް ފަރީދުގެ ހަނދާނުގައި ހުޅުމާލޭގައި މިސްކިތެއް ބިނާކުރަނީ

ޝައިޙް ފަރީދުގެ ހަނދާނުގައި ހުޅުމާލޭގައި ބިނާކުރާ މިސްކިތުގެ އެއްބަސްވުމުގައި ސޮއިކުރުން---

farudhun logo

ފަރުދުން

21 ސެޕްޓެމްބަރު 2026، 06:24

21 ސެޕްޓެމްބަރު 2026، 06:24

ދިވެހިރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި، ހުޅުމާލޭގައި ޚާއްޞަ މިސްކިތެއް ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާއި އަޢުޤާފާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މިސްކިތް ބިނާކުރުމުގެ އެއްބަސްވުމުގައި އެ ވުޒާރާއިން ސޮއިކޮށްފައި ވަނީ "ޚިދުމަތް" ޖަމްޢިއްޔާއާއެކުގައެވެ. މި މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ.

މި މަޝްރޫޢާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ހުޅުމާލޭގައި ބިނާކުރެވޭ މި މިސްކިތް ވެގެންދާނީ ހަމައެކަނި ނަމާދުކުރާ ތަނަކަށް ނޫން ކަމަށެވެ. އެގޮތުން މި މިސްކިތް ބިނާކުރެވިގެންދާނީ އިސްލާމީ ޢިލްމުގެ މުއްސަނދި ލައިބްރަރީއަކާއި، ޤުރުއާން ކިޔަވައިދެވޭނެ ޒަމާނީ ކްލާސްރޫމްތަކާއެކު، މަރުޙޫމް ޝައިޚް ފަރީދު ދީނަށްޓަކައި ކޮށްދެއްވި އަގުހުރި ޚިދުމަތްތަކާއި މަސައްކަތްޕުޅުތައް ދިރުވައި އާލާކުރާނެ މަރުކަޒެއްގެ ގޮތުގައި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ޝައިޚް ފަރީދުގެ ހަނދާނުގައި، އެއްފަހަރާ 300 އަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެއް މީގެކުރިން ބަންގްލަދޭޝްގައިވެސް ވަނީ ބިނާކޮށްފައެވެ.

އަލްމަރުޙޫމް ޝައިޚް އިބްރާހީމް ފަރީދަކީ ދިވެހި ރައްޔިތުން ދީނީ ކަންކަމަށް ހޭލުންތެރިކުރުވުމަށާއި، ވަކިން ޚާއްޞަކޮށް މާތްވެގެންވާ އިސްލާމްދީނާއި ކީރިތި ރަސޫލާގެ މާތް ސުންނަތަށް މީހުން އަހުލުވެރިކުރުވުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަގުނަ ދަރުސްތައް ދެއްވައި، އަގުނުކުރެވޭފަދަ މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

ޢުމުރުފުޅުން 53 އަހަރުގައި ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު އަވަހާރަވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ. އެމަނިކުފާނު އަވަހާރަވީ ދީނީ ދަޢުވަތުގެ މުހިންމު މަސައްކަތެއްގައި މެލޭޝިޔާއަށް ވަޑައިގެން، އެ ޤައުމުގެ ކުއާލަލަމްޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވަނިކޮށެވެ.

Ads by Ministry of Arts, Culture and Heritage

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ޖ

ޖާނޭ

21/09/2026 19:12

ފަރީދު ހަނދާނުގައި ސަރުކާރުން މިސްކިތެއް ބިނާކުރުމަށް ނުޖެހޭ ފަރީދު އަކީ ދައުލަތުގެވަޒީފާއެއް އަދާކުރި މީހެއްވެސްނޫ ފަރީދު ކުރިކަމަކީ ރާއްޖޭގައި ފިތުނަ ފަސާދަ އުފެއްދުން އެވަރު މީހެއްގެ ހަނދާނުގައި ސަރުކާރަކުން ނުޖެހޭނެ މިސްކިތެއް ބިނާކުރަން ބައިވެރިވާކަށް ވަރަށްސާފް ވަރަށް ސާފް