Ads by Farudhun

ޚަބަރު

ޤައުމަށް ފައިދާއެއް ވާނެ ކަމަކަށް ހުރަސްއެޅޭ ގޮތަށް ވާހަކަދެއްކުމަކީ ޤައުމާ ދެކޮޅުވުން: ރައީސް މުޢިއްޒު

ޤައުމަށް ފައިދާއެއް ވާނެ ކަމަކަށް ހުރަސްއެޅޭ ގޮތަށް ވާހަކަދެއްކުމަކީ ޤައުމާ ދެކޮޅުވުން: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 އޯގަސްޓު 2026، 09:46

26 އޯގަސްޓު 2026، 09:46

ޤައުމަށް ފައިދާއެއް ވާނެ އެއްވެސް ކަމަކަށް ހުރަސްއެޅޭނެ ގޮތަކަށް ވާހަކަ ދެއްކުމަކީ ޤައުމާ ދެކޮޅުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޤައުމީ ދުވަހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅާ ގުޅުވައިގެން ޕީއެސްއެމްގެ "ނޭޝަން ޓޯކް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމާ އެއްކޮޅަށް އެންމެން ތިބެންޖެހޭ ވާހަކަ ވިދާޅުވަނީ މާޒީއަށް ބަލާއިރު އަދި މިހާރުވެސް އެކި މަޤްޞަދުތަކުގައި ގަސްތުގައި ނުވަތަ ނޭނގި ނަމަވެސް ޤައުމާ ދެކޮޅަށް މަސައްކަތް ކުރާތީ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ޤައުމާ ދެކޮޅުވުމަކީ ހަމައެކަނި ކަނޑިބަޑި ހިފައިގެން ހަނގުރާމަކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި ފިކުރީ ގޮތުންނާއި، އަތުން ލިޔެވޭ ލިޔުމަކުން، ދުލުން ބުނެވޭ ބަހަކުން އަދި ކުރެވޭ އަމަލަކުންވެސް ޤައުމާ ދެކޮޅު ވެވިދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ، އެއްބައިވަންތަ ޤައުމެއް. މި ޤައުމުގެ އަސްލުތަކާއި ހަގީގަތްތައް ފުނޑުފުނޑުވެ ވީރާނާވާ ގޮތަށް ކުރެވޭ ކޮންމެ ކަމަކީ ޤައުމާ ދެކޮޅަށް ކުރެވޭ ކަންކަން

      ރައީސް 

އަދި މާޒީގައި މިފަދަ ކަންކަން ކުރެވުމުން ލިބުނު ގެއްލުންތައް ތަޖުރިބާ ކުރެވިފައިވާ ކަމަށާއި، އެހެންކަމުން އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ކޮންމެ ދިވެއްސަކުވެސް ހޭއަރާ ތިބެންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، މީސްތަކުންގެ މެދުގައި އެކި ކަހަލަ ޚިޔާލު ތަފާތުވުންތައް ހުރި ނަމަވެސް، އެއްވެސް ޚިޔާލު ތަފާތުވުމެއް ޤައުމީ ވިސްނުމަށްވުރެ މައްޗަށް އިސްވެގެން ނުވާނެ ކަމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ސިޔާސީ ބޭނުންތަކުގައްޔާއި އަމިއްލަ އެޖެންޑާތައް ކުރިއެރުވުމަށްޓަކައި ޤައުމާ ދެކޮޅަށް ވާހަކަދެއްކުމުގެ ސަގާފަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އިޤްތިޞާދީ ގޮތުންވެސް ޤައުމާ ދެކޮޅަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން މީގެ ކުރިން ރާއްޖެއަށް ފަތުރުވެރިން ނައުމަށް ގޮވާލާފައިވާ ގޮވާލުންތަކަކީ ޤައުމާ އެއްކޮޅަށް ކުރެވުނު ކަންކަން ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާ ހަލާކުކޮށްލުމަށް ނުވަތަ ޤައުމަށް ފައިދާއެއް ވާން އޮންނަ ކަންކަމަށް ހުރަސްއެޅުމަށް ދައްކާ ކޮންމެ ވާހަކައަކީ ސީދާ ޤައުމާ ދެކޮޅަށް ދެއްކޭ ވާހަކައެއް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450