Ads by Farudhun

ޚަބަރު

ހުޅުމާލޭގެ ކާމިލް ދީދީ ސްކޫލް ކުރިމަތީގައި އޮންނަ މަގުގައި ތާރުއަޅާ ނިންމާލައިފި

ހުޅުމާލޭގެ ކާމިލް ދީދީ ސްކޫލް ކުރިމަތީގައި އޮންނަ މަގުގައި ތާރުއަޅާ ނިންމާލައިފި

މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އެޗްޑީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

26 އޯގަސްޓު 2026، 10:01

26 އޯގަސްޓު 2026، 10:01

ހުޅުމާލޭގެ މަގުތައް ތަރައްގީކުރުމަށާއި މަރާމާތުކުރުމުގެ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކުރިއަށްގެންދާ މަޝްރޫއުގެ، ދަށުން ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ސަރަހައްދުގެ މަގުގައި ތާރުއަޅައި އެއްކޮށް ނިންމާލައިފިއެވެ.

އެކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެޗްޑީސީއިން ވިދާޅުވީ، 25 އޮގަސްޓުގައި މި މަސައްކަތް ނިންމާލާފައިވާ ކަމަށެވެ. އަދި މިހާރު އެ ސަރަހައްދުގައި ކުރިއަށްދަނީ އެ މަގު ހުޅުވުމުގެ ކުރިން ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ.

އެ ކުންފުނިން ވަނީ އަމާޒަކީ މަގު ފުރިހަމަ ކުރުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ނިންމާލުމަށްފަހު ވީހާވެސް އަވަހަށް މަގު އާންމުންނަށް ހުޅުވާލުން ކަމަށް ވިދާޅުވެފައެވެ.



މި މަސައްކަތަކީ އެޗްޑީސީން ޗައިނާގެ  ޗައިނާގެ ރޮޓިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީއާ ހަވާލުކޮށްގެން ކުރިއަށްގެންދަވާ މަޝްރޫއެކެވެ. މަޝްރޫއުގެ އެއްބަސްވުމުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސޮއިކުރެވިގެން ދިޔައިރު، މިއީ 91.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. 

މަޝްރޫއުގެ ދަށުން ޖުމްލަ 1.1 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތުގެ ތެރެއިން ރޭތިގަލް ރެސިޑެންސްއާ ގުޅޭ މަގުތަކާއި، ވަން ސެންޓްރަލް ޕާކް ރެސިޑެންސް ހިމެނޭ ސަރަޙައްދުގެ މަގުތަކުގެ އިތުރުން އެޕޯލޯ ފްލެޓްތަކުގެ ފަހަތު މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.

އެޗްޑީސީން ފާހަގަކުރާ ގޮތުގައި، މި މަސައްކަތް މުޅިން ނިމިގެންދާއިރު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މިހާތަނަށް ތާރުނާޅައި ހުރި ހުރިހާ މަގެއް ތަރައްޤީކުރެވި، ވިނަރެސް ފްލެޓްތަކުގެ މަގުތަކާއެކު މީހުން އުޅޭ އެންމެހައި ސަރަޙައްދުތަކުގެ މަގުތައް ބޭނުންކުރުމަށް އާންމުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ފަހިވެގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450