ޚަބަރު
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު މަޖިލީހަށް ފޮނުވައިފިން: ރައީސް މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ޚާއްޞަ ބިލެއް އެކުލަވާލައި، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުޙައްޤުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް އެއްކޮށް ބަންދުކުރުމެވެ. އަދި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް އަނބުރާ ނެގުމާބެހޭ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރުމަކީވެސް މި ބިލުގެ މުހިންމު މަޤްޞަދެކެވެ.
މި ޤާނޫނު ވުޖޫދުވުމުން، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ޒަރީޢާއިން ހޯދާ މުދަލުން މާލީ މަންފާ ހޯދަމުންދާ ދިއުމަށް ބޮޑު ހުއްޓުމެއް އަންނާނެއެވެ. މީގެއިތުރުން، އެކި ފަރާތްތަކުން ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ނުޙައްޤުން ހޯދާފައިވާ ދައުލަތުގެ މުދަލާއި ފައިސާ އަނބުރާ ދައުލަތަށް ނެގުމުގައި މިހާރު ދިމާވެފައިވާ ޤާނޫނީ ހުރަސްތަކާއި މައްސަލަތަކަށްވެސް މި ބިލުގެ ސަބަބުން ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ.
ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ވާނީ ފޮނުވާފައި.
— Dr Mohamed Muizzu (@MMuizzu) August 25, 2026
މި ބިލު ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުޙައްޤުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު…