Ads by Farudhun

ޚަބަރު

ވިހެއުމާއި ބޭސްފަރުވާގެ ޗުއްޓީ ނެގި ނަމަވެސް ޕްރޮމޯޝަން ލިބޭ ގޮތަށް އުސޫލު އިސްލާހުކޮށްފި

ވިހެއުމާއި ބޭސްފަރުވާގެ ޗުއްޓީ ނެގި ނަމަވެސް ޕްރޮމޯޝަން ލިބޭ ގޮތަށް އުސޫލު އިސްލާހުކޮށްފި

ސިވިލް ސަރވިސް ކޮމިޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 އޯގަސްޓު 2026، 06:59

24 އޯގަސްޓު 2026، 06:59

ވިހެއުމާއި ބޭސްފަރުވާ ފަދަ ކަންކަމަށް ދިގު މުއްދަތުގެ ޗުއްޓީ ނެގުމުން މުވައްޒަފުންނަށް ޕްރޮމޯޝަން ނުލިބޭ މައްސަލަ ހައްލުކުރުމުގެ ގޮތުން، ސިވިލް ސާވިސް ކޮމިޝަން އިން މުސާރައިގެ ކުރިއެރުން ދިނުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ.

ސީއެސްސީން މި ބަދަލު ގެނެސްފައިވަނީ ދައުލަތުގެ އައު ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ 3 ވަނަ މާއްދާއަށެވެ. އެ މާއްދާއަށް ޖުމްލަ 6 އިސްލާހެއް ވަނީ ގެނެސްފައެވެ.

މި އިސްލާހުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، މީގެ ކުރިން މުސާރައިގެ ކުރިއެރުން ދިނުމުގައި ޖެހިޖެހިގެން ދެ އަހަރުގެ ޕާފޯމަންސް އެޕްރައިޒަލްއިން 85 މާކްސް ހޯދަންޖެހޭ ގޮތަށް އޮތް އޮތުން ބަދަލުކުރުމެވެ. އައު އިސްލާހާއެކު، މެދުކެނޑުމަކަށްފަހު ވެސް ދެ އަހަރުގެ ޕާފޯމަންސް އެޕްރައިޒަލް އިން 85 މާކްސް ހޯދައިފިނަމަ ކުރިއެރުން ލިބޭނެއެވެ. މީގެ އިތުރުން ވިހެއުމުގެ ޗުއްޓީއާއި، ބޭސްފަރުވާ ކުރުން ފަދަ ދިގު މުއްދަތުގެ ޗުއްޓީތަކަށް ދާ މުވައްޒަފުންނަށް ވެސް މީގެ ފަހުން އަމަލުކުރާނީ މި އުސޫލުގެ ދަށުންނެވެ.

މީގެ އިތުރުން، މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ވަނީ މަޤާމުގެ ކުރިއެރުން ޙައްޤުވާ ތާރީޚުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބޭ ގޮތަށް ވެސް ސީއެސްސީގެ އުސޫލު އިސްލާހުކޮށްފައެވެ. އެހެންކަމުން، މުސާރައިގެ ކުރިއެރުން ދިނުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވެ، އިދާރީ ސަބަބުތަކާ ހުރެ ލަސްވި ނަމަވެސް، ފަހުން ކުރިއެރުން ހަމަޖެހުމުން އެ މުއްދަތަށް ވާ މުސާރައިގެ ކުރިއެރުން (ބެކްޕޭ) މުވައްޒަފުންނަށް ލިބިގެންދާނެއެވެ.

ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ފުރަތަމަ އާންމުކުރީ ވޭތުވެދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. މި އުސޫލުގެ ދަށުން މުސާރައިގެ ކުރިއެރުމުގެ ގޮތުގައި ބަލަނީ، "މަޤާމުގެ އެލަވަންސް" ގެ 1 ވަނަ ހަރުފަތުން 2 ވަނަ ހަރުފަތަށް، އަދި 2 ވަނަ ހަރުފަތުން 3 ވަނަ ހަރުފަތަށް ލިބޭ ކުރިއެރުމަށެވެ.

އައު ޕޭ ފްރޭމްވޯކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކުރިއެރުން ދިނުމަށްޓަކައި، ކޮންމެ އިދާރާއަކުން ވެސް ކުރިއަށް އޮންނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު ކުރިއެރުން ދޭންޖެހޭނެ ކަމަށް އަންދާޒާކުރެވޭ މުވައްޒަފުން ފާހަގަކޮށް، އެކަމަށް ހިނގާނެ ޚަރަދު ބަޖެޓުގައި ހިމަނަންޖެހެއެވެ. އަދި ބަޖެޓުގައި ނުހިމެނޭ ހާލަތްތަކުގައި މުވައްޒަފުންނަށް ކުރިއެރުން ދެވޭނީ މާލީ ވުޒާރާއިން ލިޔުމުން ހުއްދަ ހޯދައިގެންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450