Ads by Farudhun

ޚަބަރު

ޑައިވިންގގެ ކުއްލި ހާދިސާތަކުގައި ބޭނުންކުރުމަށް އެމްއެންޑީއެފަށް ޔުނިޓެއް ހަދިޔާކޮށްފި

ޑައިވިންގގެ ކުއްލި ހާދިސާތަކުގައި ބޭނުންކުރުމަށް އެމްއެންޑީއެފަށް ޔުނިޓެއް ހަދިޔާކޮށްފި

ޕޯޓަބަލް ހައިޕަރބެރިކްސް ޓްރާންސްޕޯޓް ޔުނިޓް ހަދިޔާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: އެމްއެންޑީއެފް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 އޯގަސްޓު 2026، 03:54

24 އޯގަސްޓު 2026، 03:54

ޑައިވިންގ ހާދިސާތަކާއި އެ ނޫންވެސް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބޭނުންކުރުމަށްޓަކައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް "ޕޯޓަބަލް ހައިޕަރބެރިކްސް ޓްރާންސްޕޯޓް ޔުނިޓެއް" ހަދިޔާކޮށްފިއެވެ.

މި ޔުނިޓު އެމްއެންޑީއެފަށް ހަދިޔާކޮށްފައިވަނީ "ހައިޕަބެރިކްސް ޔޫރަޕް" ގެ ފަރާތުންނެވެ. އެ ކުންފުނިން ވެދިން ދީލަތި އެހީތެރިކަން ފާހަގަކޮށް، އެމްއެންޑީއެފްގެ ފަރާތުން ވަނީ އެ ކުންފުންޏަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.



މިކަމަށްޓަކައި އެމްއެންޑީއެފް އިންޓަގްރޭޓެޑް ހެޑްކުއާޓާޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ދިވެހި އަސްކަރިއްޔާގެ ފަރާތުން މި ޔުނިޓާ ރަސްމީކޮށް ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓަކީ ޑައިވިންގ ކުއްލި ހާދިސާތަކާއި އެ ނޫންވެސް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަނިޔާވާ މީހުންނާއި ބަލިމީހުން އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި، ޕްރެޝަރ ޗެމްބަރެއްގެ ގޮތުގައި ފުރާނަ ސަލާމަތްކުރުމަށް ބޭނުންކުރެވޭ ވަރަށް މުހިންމު އަދި ޒަމާނީ ވަސީލަތެކެވެ.

މިއީ ރާއްޖެ ފަދަ ކަނޑުގެ ސަރަޙައްދު ބޮޑު، އަދި ޑައިވިންގގެ ގިނަ ހަރަކާތްތަކެއް ހިނގާ ޤައުމެއްގައި ސިފައިން ހިންގާ ސަލާމަތީ، އިމަޖެންސީ އަދި މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450