Ads by Farudhun

ޚަބަރު

މާލެ ސަރަހައްދުގެ 166 ފުލުހުންނަށް މަޤާމުގެ ކުރިއެރުންދީފި

މާލެ ސަރަހައްދުގެ 166 ފުލުހުންނަށް މަޤާމުގެ ކުރިއެރުންދީފި

ފުލުހުންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް ޓަކައި ބޭއްވުނު ޖަލްސާގެ ތެރެއިން. ފޮޓޯ: ފުލުހުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

24 އޯގަސްޓު 2026، 09:18

24 އޯގަސްޓު 2026، 09:18

މާލޭ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ ތެރެއިން 166 އޮފިސަރަކަށް މަގާމުގެ ކުރިއެރުން ދިނުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގުގައި 23 އޮގަސްޓުގައި ކުރިއަށްދިޔަ މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. މި ހަފުލާގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މަގާމުގެ ކުރިއެރުން ލިބުނު ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ސީނިއަރ ސަރޖަންޓް ރޭންކުން ސަބް އިންސްޕެކްޓަރގެ މަގާމަށް ބަދަލުވި 35 އޮފިސަރުންނާއި، ސަރޖަންޓް ރޭންކުން ސީނިއަރ ސަރޖަންޓް ކަމަށް ޕްރޮމޯޓްވި 121 އޮފިސަރުންގެ އިތުރުން ކޮންސްޓަބަލް ރޭންކުން ސަރޖަންޓް ރޭންކަށް ޕްރޮމޯޓްވި 10 އޮފިސަރުންނެވެ.

މަގާމުގެ ކުރިއެރުން ލިބުނު ފުލުހުންނާ މުޚާތަބުކުރައްވައި ކޮމިޝަނަރ ވަނީ، ފުލުހުންގެ މުއައްސަސާއިން ހަވާލުކުރާ ކޮންމެ ރޭންކަކާއެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް ކަމަށް ކަމަށް ވިދާޅުވެފައެވެ. 

އަދި މަގާމުގެ ކުރިއެރުމަށްފަހު ހިދުމަތަށް އެނބުރި އަންނައިރު، އާ މަގާމާ ގުޅޭ ފެންވަރުގެ ހިދުމަތެއް ފޯރުކޮށްދެވޭތޯ ފާރަވެރިވާނެ ފަރާތްތައް ގިނަވާނެ ކަމަށާއި، މުއައްސަސާގެ އެތެރެއިންނާއި ބޭރުގެ ފަރާތްތަކުން އެއްވެސް ޝައްކެއް ނުއުފައްދާނެހެން މަސައްކަތުގެ ފުރިހަމަ ނަތީޖާ ދެއްކުމަށާއި، ދަށުގައި ތިބި މުވައްޒަފުންނަށް ނަމޫނާ ދެއްކެވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ފުލުހުންގެ މަސައްކަތަކީ އާންމު ރައްޔިތުންނަށް ޓަކައި އަދާކުރަންޖެހޭ ޤާނޫނީ ބޮޑު ޒިންމާއެއްކަން ބަޔާންކުރައްވަމުން، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ފާޑުކިޔުންތައް ބަލައިގަންނަންވާނީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ކަމަށާއި، އެ ކަންކަން ދެނެގަނެ ރަނގަޅުކުރުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާގެ 331 އޮފިސަރަކަށް ޕްރޮމޯޝަން ދިނުމަށް ކަނޑައަޅާފައިވާއިރު، ރަށްރަށުގައި ޚިދުމަތްކުރާ ފަރާތްތަކަށް އެ އަތޮޅުތަކުން މަޤާމުގެ ކުރިއެރުން ހަވާލުކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަންވެސް ކޮމިޝަނަރ ވަނީ ހާމަކުރައްވާފައެވެ.

ކޮމިޝަނަރގެ ވާހަކަ ނިންމަވާލެއްވީ، މަގާމުގެ ކުރިއެރުން ލިބުނު ފުލުހުން މަސައްކަތަށް ދޭ އަހައްމިއްޔަތުކަން އިތުރުކޮށް، ވެރިންނަށާއި މުއައްސަސާއަށް އިހުތިރާމްކޮށް، ރިވެތި އަހުލާގުގެ މަތީގައި ތިބެ ގައުމީ ހިދުމަތުގައި ދެމިތިބުމަށް އެދިވަޑައިގަންނަވަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450