ޚަބަރު
ނައިފަރުގައި ހިއްކި ބިމުގައި ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
ޅ. ނައިފަރުގައި ހިއްކި ބިމުގައި ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
ނައިފަރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ނައިފަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ދައުލަތުގެ ބަޖެޓުން 679 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ނައިފަރުގައި 44.8 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ.
Project Update: Design and build of Land Reclamation and Shore Protection at Lh. Naifaru
— MTCC Plc (@MTCCPlc) August 23, 2026
Installation of rock boulder revetment is currently ongoing at the project site.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni… pic.twitter.com/F2DhT7wwdN
މި މަޝްރޫއުގެ ދަށުން އެމްޓީސީސީއިން 1813 މީޓަރުގެ ސަރަހައްދެއް ހިމާޔަތްކުރުމަށް ރިވެޓްމެންޓް ޖެހުމާއި، 474 މީޓަރުގެ ދިގުމިނަށް ގްރޮއިން ޖެހުމުގެ އިތުރުން، 803 މީޓަރުގެ ބޭރުތޮއްޓެއްލުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެއެވެ.
630 ދުވހުގެތެރޭ ނިންމާ ގޮތަށް އެ ކުންފުންޏާ ހަވާލު ކުރި މި މަޝްރޫއު ނިމުމަކީ އެ ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ރަށުގެ ތަރައްޤީއަށް ހުޅުވިގެންދާ މުހިންމު ދޮރެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
ހަމައެއާއެކު، ނައިފަރުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ ވެސް އެމްޓީސީސީއާއެވެ. އެ މަސައްކަތް ވެސް އެ ކުންފުނިން ދަނީ ވަރަށް ހަލުވިކަމާއެކު ފުރިހަމަކުރަމުންނެވެ.