Ads by Farudhun

ޚަބަރު

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ކުރީގެ ވޮލީ ކުޅުންތެރިޔާ ފާޒިލް ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ކުރީގެ ވޮލީ ކުޅުންތެރިޔާ ފާޒިލް ހައްޔަރުކޮށްފި

ކުރީގެ ވޮލީ ކުޅުންތެރިޔާ ފާޒިލް - ފޮޓޯ: ފުލުހުން

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

22 އޯގަސްޓު 2026، 10:00

22 އޯގަސްޓު 2026، 10:00

ވ. ކެޔޮދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި، ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމުގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަޙްމަދު ފާޒިލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފާޒިލްއާ ގުޅުންހުރި ދެ ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި އެ ދެ ގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޖުމްލަ 256.01 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.

ފާޒިލް ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިއީ މި ފަހަކަށް އައިސް ފާޒިލް ހައްޔަރުކުރެވުނު ދެވަނަ ފަހަރެވެ. އެގޮތުން، ކެޔޮދޫގައި ކުރިއަށްދިޔަ ވޮލީބޯޅަ މުބާރާތެއްގެ ތެރެއިން ހިނގި ހަމަނުޖެހުގެ ތެރެއިން މާރާމާރީގެ މައްސަލައެއްގައި ވެސް މިދިޔަ މަހު އޭނާ ވަނީ ހައްޔަރުކޮށްފައެވެ. އެ ފަހަރު ވެސް ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.

އަޙްމަދު ފާޒިލަކީ ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމުގެ މިހާރުގެ ކެޕްޓަން އަޙްމަދު ފައިރޫޒްގެ އެއްމާބަނޑު ބޭބެއެވެ. ޤައުމީ ޓީމުގެ އިތުރުން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ މުބާރާތްތަކުގައި މޮޅު ކުޅުމެއް ދައްކައި، ގިނަ މުބާރާތްތަކެއްގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވާ ފާޒިލް މަސްތުވާތަކެތީގެ މި މައްސަލައިގައި ހައްޔަރުކުރުމާ ގުޅިގެން، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450