Ads by Farudhun

ޚަބަރު

އެމްއެންޑީއެފްގެ ސްޕެޝަލް ފޯސަސްއަށް ބޭނުންވާ ޕެރަޝޫޓް ޖަމްޕް ތަމްރީނުތައް ފެށުމަށް މަޝްވަރާކޮށްފި

އެމްއެންޑީއެފްގެ ސްޕެޝަލް ފޯސަސްއަށް ބޭނުންވާ  ޕެރަޝޫޓް ޖަމްޕް ތަމްރީނުތައް ފެށުމަށް މަޝްވަރާކޮށްފި

މި މަޝްވަރާތަކުގެ ތެރެއިން. ފޮޓޯ: ދިފާޢީ އަދި ވަޠަނީ ޚިދުމަތްތަކާ ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

21 އޯގަސްޓު 2026، 01:37

21 އޯގަސްޓު 2026، 01:37

އެމްއެންޑީއެފްގެ ސްޕެޝަލް ފޯސަސްއަށް ބޭނުންވާ ޕެރަޝޫޓް ޖަމްޕް ޓްރޭނިންގ ދިވެހިރާއްޖޭގައި ފުރިހަމަކުރެވޭނެ މަގުފަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދާއި، އައިލެންޑް އޭވިއޭޝަން ސަރވިސްގެ އިސްވެރިން މިކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވަނީ 20 އޮގަސްޓް 2026ގައެވެ.

މިކަމަށް ޓަކައި ބޭއްވުނު ބައްދަލުކުރެއްވުމުގައި  

މި ބައްދަލުވުމުގެ ތެރެއިން މައިގަނޑު ގޮތެއްގައި ވާހަކަދެކެވުނީ ސިފައިންގެ ޚާއްޞަ އޮޕަރޭޝަންތަކަށާއި އެއަރބޯން ތަމްރީނުތަކަށް ބޭނުންވާ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ފަހިކޮށްދިނުމާ ގުޅޭގޮތުންނެވެ. އަދި މީގެ އިތުރުން، އައިލެންޑް އޭވިއޭޝަނާ ބައިވެރިވެގެން ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކޮށްގެން އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދެވިދާނެ އިންތިޒާމުތަކާ ގުޅޭގޮތުން ވެސް ދެފަރާތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

ދިފާޢީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ބައްދަލުވުމަކީ ދިވެހި ސިފައިންގެ ޤާބިލުކަން އިތުރަށް ތަރައްޤީކުރެއްވުމަށާއި، ވައިގެ މަގުން ހިންގާ ޚާއްޞަ އޮޕަރޭޝަންތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ފަހިކޮށްދެއްވުމަށް ޓަކައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން ކުރިއަށްދިޔަ މުހިންމު ބައްދަލުވުމެކެވެ.



އެމްއެންޑީއެފްގެ ސްޕެޝަލް ފޯސަސް އިފްތިތާޙު ކުރެވުނީ 27 އޮކްޓޯބަރު 2009 ގައެވެ. އެއީ ޤައުމީ ސަލާމަތަށް ކުރިމަތިވާ އެތެރެއާއި ބޭރުގެ ހުރިހާ ނުރައްކާތަކަކާ ދެކޮޅަށް ހަނގުރާމަކޮށް ދިފާޢުވުމަށާއި، ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެތެރޭގައާއި ބޭރުގައި ދިވެހި ސަރުކާރުގެ ޤައުމީ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް ޓަކައި، ޚާއްޞަ  ތަމްރީނު ލިބިފައިވާ އެލީޓް ސިފައިންގެ ގްރޫޕެއް އޮތުން މުހިންމުވުމާއި ގުޅިގެން އުފައްދަވާފައިވާ ޔުނިޓެކެވެ.

 

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450