ޚަބަރު
އެމްޑަބްލިޔުއެސްސީގެ އައު ހޮޓްލައިނެއް ތައާރަފްކޮށްފި
އެމްޑަބްލިޔުއެސްސީ---
މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)އިން އެ ކުންފުނީގެ އައު ހޮޓްލައިން ނަންބަރު ތައާރަފްކޮށްފިއެވެ.
އެމްޑަބްލިޔުއެސްސީއިން ވިދާޅުވީ، 21 އޮގަސްޓް 2026 އިން ފެށިގެން އެ ކުންފުނީގެ ކަސްޓަމަރ ކެއަރ ހޮޓްލައިން ނަންބަރު ވަނީ 1575 އަށް ބަދަލުކުރެވިފައި ކަމަށެވެ. އަދި މި ބަދަލާއެކު ކަސްޓަމަރުންނަށް އެހީތެރިކަމާއި މަޢުލޫމާތު ހޯދުމުގައި އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
އަދި 1575 ހޮޓްލައިން ނަންބަރު ފަސޭހަ ކަމާއި އެކު ދެނެގަތުމުގެ ގޮތުން އެ ކުންފުނިން ކަސްޓަމަރުންނަށް ގުޅާ ވަގުތުތަކުގައި ފޯނު ސްކްރީނުން ފެންނާނީ ވެސް 1575 ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. މި ހޮޓްލައިންގެ ޚިދުމަތް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ދަންވަރު 12:00 އަށް ލިބޭނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
އެހެންކަމަމުން އެމްޑަބްލިޔުއެސްސީގެ ޚިދުމަތްތަކާ ގުޅޭގޮތުން އެހީތެރިކަން ހޯއްދެވުމަށް، 1575 އަށް ގުޅުއްވުމަށް އެ ކުންފުނިން އެދެއެވެ.
1575 | Your New Customer Care Hotline
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) August 20, 2026
Starting 21 August 2026, 1575 will be MWSC’s new Customer Care Hotline, making it easier and more convenient for customers to access assistance and information.
📞 1575 Customer Care Hotline
🕗 Available every working day from 8:00 AM to… pic.twitter.com/hdWCGhSDLX
މީގެ އިތުރުން އެ ކުންފުނިން ވަނީ އެމަޖެންސީ ހޮޓްލައިންގެ ގޮތުގައި 105 ތައާރަފުކޮށްފައެވެ. އެއީ ކަސްޓަމަރުންނަށް ކޮންމެ ވަގުތަކު ވެސް ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އުފައްދާފައިވާ ނަންބަރެއް ކަމަށް އެމްޑަބްލިޔުއެސްސީއިން ވިދާޅުވެއެވެ.
ހަފްތާގެ ހުރިހާ ދުވަހަކު ވެސް މި ނަންބަރަށް ގުޅޭނެ ކަމަށާއި އެ ނަންބަރުން 24 ގަޑިއިރު ޚިދުމަތް ލިބޭނެ ކަމަށް އެމްޑަބްލިޔުއެސްސީއިން ވިދާޅުވެއެވެ.
ޚާއްޞަ އިމަޖެންސީ ހޮޓްލައިނެއްގެ ގޮތުގައި 105 ތަޢާރަފުކުރުމަކީ، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވާސިލުވެވޭ، އިތުބާރުހުރި އަދި އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން ދެމުންދާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށް އެމްޑަބްލިޔުއެސްސީއިން ވިދާޅުވެއެވެ.
105 | MWSC Emergency Hotline
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) August 20, 2026
Starting 21 August 2026, 105 will be MWSC’s dedicated Emergency Hotline, providing customers with access to emergency assistance whenever it is needed.
📞 105 Emergency Hotline
🕐 Available 24 hours a day, 7 days a week
The introduction of 105 as our… pic.twitter.com/7UxJy0BbmR