Ads by Farudhun

ޚަބަރު

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަޤާމަށް އާދަމް ޝަމީމް އައްޔަންކުރަށްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަޤާމަށް  އާދަމް ޝަމީމް އައްޔަންކުރަށްވައިފި

އާދަމް ޝަމީމް--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

16 އޯގަސްޓު 2026، 01:34

16 އޯގަސްޓު 2026، 01:34

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް  ދ.މާއެނބޫދޫ މަލާޒް، އަލްއުސްތާޛު އާދަމް ޝަމީމް އައްޔަންކުރައްވައިފިއެވެ.

މި މަޤާމަށް އޭނާ އައްޔަނުކުރެއްވީ، ޖޭއެސްސީއިން މި މަޤާމަށް ކުރިމަތިލުމަށް ފުރުސަތި ހުޅުވާލުމުން، ކުރިމަތިލެއްވި 10 ބޭފުޅުންގެ ތެރެއިން، ޝަރުތު ހަމަވެ، އިންޓަރވިއުއިން އެންމެ މަތިން މާކްސް ހޯއްދަވާފައިވާ ފަރާތަކީ އޭނާ ކަމަށްވުމުން ކަމަށް ޖޭއެސްސީއިން ވިދާޅުވެއެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އަމްޖަދު މުޞްޠަފާ މި އަހަރުގެ އޭޕްރީލު  މަހުގެ ތެރޭގައި މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެން އެ މަޤާމު ވަނީ ހުސްވެފައެވެ. 



ދިވެހިރާއްޖޭގެ އެންމެހައި ކޯޓުތަކުގެ އިދާރީ ހިންގުން ތަރުތީބުކުރުމާއި މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމުގެ އެންމެ އިސް ވާޖިބު އަދާކުރައްވަނީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެވެ. އަދި ހަމައެއާއެކު، ޝަރުއީ ދާއިރާގައި މަސައްކަތްކުރައްވާ ފަނޑިޔާރުންނާއި މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް ހިންގޭ ތަމްރީނު ޕްރޮގްރާމްތަކާއި، ސެމިނާރތަކުގެ އިތުރުން ކޮންފަރެންސްތައް އިންތިޒާމުކޮށް ހިންގުމަކީ ވެސް މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. މި މަގާމުގެ އަސާސީ މުސާރައެއްގެ ގޮތުގައި 30،000 ރުފިޔާ، އެގްޒެކްޓިވް އެލަވެންސްގެ ގޮތުގައި 27،235 ރުފިޔާ އަދި ފޯނު އެލެވެންސްއެއްގެ ގޮތުގައި 2،000 ރުފިޔާ ލިބިގެންދާނެއެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450