Ads by Farudhun

ޚަބަރު

ދިވެހިންގެ އަބަދުގެވެސް ޢަޒުމަކަށް ވާންވާނީ ޤައުމަށް ހެޔޮއެދުން: ރައީސް މުއިއްޒު

ދިވެހިންގެ އަބަދުގެވެސް ޢަޒުމަކަށް ވާންވާނީ ޤައުމަށް ހެޔޮއެދުން: ރައީސް މުއިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 އޯގަސްޓު 2026، 01:30

15 އޯގަސްޓު 2026، 01:30

ދިވެހިންގެ އަބަދުގެވެސް ޢަޒުމަކަށް ވާންވާނީ ޤައުމަށް ހެޔޮއެދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު އޮތް ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމީ ދުވަހުން ލިބިދޭ މުހިންމު ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، އިސްލާމްދީނާއި ޤައުމީ ސިޔާދަތު އަދި މިނިވަންކަން ދިފާޢު ކުރުމުގައި ދިވެހިން ދެމިތިބޭނެ ކަމަށެވެ.

ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ އަނެއް ކަމަކީ މިއީ. އަޅުގަނޑުމެން ތިބޭނީ އަޅުގަނޑުމެންގެ ދީނުގައި އަޅުގަނޑުމެންގެ ޤައުމީ ސިޔާދަތާއި ޤައުމުގެ މިނިވަންކަމާ އެކީގައިކަން،  

ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން، ޤައުމީ ދުވަހުގެ ބަޠަލު އުތީމު މުޙައްމަދު ތަކުރުފާނު (އުތީމު މަހާރަދުން) ޤާއިދެއްގެ ހައިސިއްޔަތުންނާއި ހަނގުރާމަވެރި ލީޑަރެއްގެ ހައިސިއްޔަތުން ދެއްވި ފިލާވަޅުތަކަށް ރައީސް އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން، އެ ރަދުން ދުރާލާ ހަނގުރާމައިގެ އުކުޅުތަކާއި، ބަޑިހެވިކަމާއި ކަނޑިހެވިކަން ފަދަ އެ ޒަމާނުގެ އުކުޅުތައް ވަރަށް މަތީފެންވަރެއްގައި އުނގެނިވަޑައިގެން، ހަތިޔާރު ހޯއްދަވައި، ރާއްޖޭގެ ތަފާތު އެކި ކަންކޮޅުތަކުން މީހުންނާ ގުޅުން އުފެއްދެވިކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި ހަނގުރާމަ ފެށްޓެވުމުގެ ކުރިން އާއިލާ މަލިކަށް ބަދަލުކުރެއްވީ، ހަނގުރާމަ ފެށޭ ތަނުން ދުޝްމަނުންގެ އުކުޅަކުން އާއިލާގެ ބޭފުޅަކު ކިޑްނެޕްކޮށްފި ނަމަ ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ. މި ފަދަ ކަންކަމުން އެނގެނީ އުތީމު މަހާރަދުންނަކީ އާދަޔާ ޚިލާފު ދިވެހި ޝަޚްޞިއްޔަތެއްކަމާއި، އެތަކުރުފާނުގެ ޙަޔާތްޕުޅުން ޤައުމީ އެތައް ފިލާވަޅެއް ލިބިދޭކަން ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.

 ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އޭރުގެ ދިވެހީން ފަދައިން މިހާރުގެ ދިވެހީންވެސް ތިބީ އެ ގޮތުގައި ކަމަށެވެ.

 އަޅުގަނޑުމެން މިހާރުގެ ދިވެހީން ވެސް މި ތިބީ އެ ގޮތުގާ. އަޅުގަނޑުމެން ދިރުވާނީ ޤައުމީ ރޫޙު. ޤައުމީ ލޯބި. އަބަދުވެސް ޢަޒުމަކަށް ވާނީ ޤައުމަށް ހެޔޮ އެދުން.

ރައީސް ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450