Ads by Farudhun

ޚަބަރު

އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެފަދަ ނިޒާމެއް ޤާއިމްކުރާނަން: ރައީސުލްޖުމްހޫރިއްޔާ

އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެފަދަ ނިޒާމެއް ޤާއިމްކުރާނަން: ރައީސުލްޖުމްހޫރިއްޔާ

ގައުމީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވުން / ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

15 އޯގަސްޓު 2026، 12:49

15 އޯގަސްޓު 2026، 12:49

މާތްވެގެންވާ އިސްލާމްދީނާ ފުށުއަރާ ނުވަތަ އެ ދީނާ ޚިލާފު އެއްވެސް ޤާނޫނެއް ރާއްޖޭގައި އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ ނިޒާމެއް ޤާއިމްކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވީ މިއަދު އޮތް ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ބޮޑުތަކުރުފާނުގެ އުފަން ރަށް، ހއ. އުތީމުގައި ބޭއްވި މި ޖަލްސާގައި ރައީސް ވިދާޅުވީ، އިސްލާމްދީން ހިމާޔަތް ކުރެވޭނެ ފަދަ ނިޒާމެއް ޤައުމުގައި ފުރިހަމައަށް ޤާއިމްވެފައި އޮންނަންޖެހޭނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

ރާއްޖޭގެ ޤާނޫނުއަސާސީގައިވާ ގޮތުން އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ހެދޭ ޤާނޫނުތަކާއި، އުސޫލުތަކާއި، ގަވައިދުތައް ހުންނަންވާނީ އިސްލާމްދީނުގެ އިންތަކާއި މިންތަކުގެ ތެރޭގައި ކަމަށެވެ. ނަމަވެސް، މިއީ ހަމައެކަނި ލިޔެކިޔުމުން ފެންނަން އޮތް ކަމެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، އެކަން ކަށަވަރުކުރެވޭނެ ހަރުދަނާ ނިޒާމެއް އޮތުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސުވާލަކީ އެކަމަކު މި ކަން ކަށަވަރު ކުރެވޭނެ ހަރުދަނާ ނިޒާމެއް އެބަ އޮތްތޯ؟ އެ ފަދަ ނިޒާމީ ބަދަހި އޮނިގަނޑެއް އަޅުގަނޑުމެންގެ އުސޫލުތަކުގެ ތެރޭގައި އެބަ އޮތްތޯ؟ ޖަވާބު ވަރަށް ކުރު. ނެތް. އެންމެ ފަސޭހަ އެންމެ ސާދާ އަދި އެންމެ ކުރު ޖަވާބަކީ އަދި އެ ފަދަ ނިޒާމެއް ނެތްކަން.

ރައީސް ވިދާޅުވިއެވެ.

މިކަމަށް ޙައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ރައީސް ވިދާޅުވީ، އިސްލާމްދީނާ ފުށުއަރާ އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ ބަދަހި ނިޒާމެއް، އުސޫލީ ގޮތުންނާއި ނިޒާމީ ގޮތުން ކަށަވަރުކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަށް ހުށަހަޅުއްވާނެ ކަމަށެވެ.

މާތްވެގެންވާ އިސްލާމްދީނާ ފުށުއަރާ ނުވަތަ އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެފަދަ ނިޒާމެއް ޤާއިމްކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރަށް ހުށަހަޅާނެކަމުގެ ޔަޤީންކަން އަރުވަން.

ރައީސް ވިދާޅުވިއެވެ.

މި ނިންމެވުމަކީ ދިވެހި ދައުލަތުގެ އިސްލާމީ ސިފަ ވަރުގަދަކޮށް، ޤާނޫނީ އޮނިގަނޑުގެ ތެރެއިން ދީނީ އަސާސްތައް ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފަކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި، ރައީސް ވަނީ ދިވެހި ރައްޔިތުންނަށް މިކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450