Ads by Farudhun

ޚަބަރު

ދިއްގަރުގައި 75 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދަނީ

ދިއްގަރުގައި 75 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދަނީ

މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

28 ޖުލައި 2026، 04:53

28 ޖުލައި 2026، 04:53

މ. ދިއްގަރުގައި 75 ހައުސިން ޔުނިޓު އިމާރާތްކުރުމަށް ކުރަމުންދާ މަސައްކަތް ހަލުވުކަމާއެކު ކުރިއަށްދާކަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓިސީސީ) އިން ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެކުންފުނިން ބުނީ، މިހާރު މަޝްރޫއުގެ ދަށުން ކުރިއަށްދަނީ ދެވަނަ ޔުނިޓުގެ ފައުންޑޭޝަން އެޅުމަށް ބޭނުންވާ ކޮންކްރީޓު މަސައްކަތްތައް ކަމަށެވެ. 

ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 18 އެޕްރީލް 2024 ގައެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު ފަށާފައިވާއިރު، ދިއްގަރުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ، 1000  އަކަފޫޓުގެ ހައުސިން ޔުނިޓުތަކެކެވެ.

3 ކޮޓަރި، 3 ފާޚާނާ، ސިޓިންގް ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހިމެނޭ ގޮތަށް 1000 އަކަފޫޓު ބޮޑުމިނުގެ 75 ހައުސިންގ ޔުނިޓު މި މަޝްރޫއުގެ ދަށުން އެ ރަށުގައި ގާއިމުކުރެވޭނެއެވެ.



މިދިޔަ އަހަރުގެ  ސެޕްޓެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދިއްގަރަށް ކުރެއްވި ދަތުރުފުޅުގައި، މި މަޝްރޫއު އިތުރަށް ފުޅާކޮށް، ތަރައްޤީގެ ރޮނގުން އިތުރު ކުރިއެރުންތައް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ދިއްގަރުގައި އެހެނިހެން މަޝްރުއުތައް ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މި މަޝްރޫއު އެމްޓީސީސީއިން ބާރު ސްޕީޑުގައި ކުރިއަށްގެންދާއިރު، އެމްޓީސީސީއިން އަންނަނީ ރާއްޖޭގެ ތަރައްގީއަށް އެތައް މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450