Ads by Farudhun

ޚަބަރު

އައިރީނާގެ ދާއިމީ މަންދޫބަކަށް ޠާރިޤު އައްޔަންކުރުމަށް ރައީސް މަޖިލީހަށް ފޮނުއްވައިފި

އައިރީނާގެ ދާއިމީ މަންދޫބަކަށް ޠާރިޤު އައްޔަންކުރުމަށް ރައީސް މަޖިލީހަށް ފޮނުއްވައިފި

ޠާރިޤު އިބްރާހިމް---

farudhun logo

ފަރުދުން

28 ޖުލައި 2026، 10:55

28 ޖުލައި 2026، 10:55

އިންޓަނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ (އައިރީނާ) އަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބުގެ މަޤާމަށް، ޠާރިޤު އިބްރާހިމް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވައިފިއެވެ.

މި މައްސަލަ ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު ބަޔާންކުރާގޮތުން، ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކަށް ސަފީރުންނާއި ދާއިމީ މަންދޫބުން އައްޔަންކުރެއްވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވަންޖެހެއެވެ.

ޠާރިޤު އިބްރާހިމަކީ ތިމާވެއްޓާއި ހަކަތައާބެހޭ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މި ސަރުކާރުގެ ތިމާވެއްޓާބެހޭ ވަޒީރުގެ މަޤާމު ވެސް ފުރުއްވާފައެވެ. އަދި މިހާރު ހުންނެވީ ރާއްޖޭން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ.

އައިރީނާގެ ދާއިމީ މަންދޫބުގެ މަޤާމަށް ޠާރިޤު އައްޔަންކުރެވޭނީ، މަޖިލީހުގެ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ނިންމުމަށްފަހު، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން އޭނާއަށް ރުހުން ލިބިވަޑައިގަތުމުންނެވެ.

އައިރީނާއަކީ އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި މަސައްކަތްކުރާ އެންމެ ބޮޑު އެއް ޖަމުޢިއްޔާއެވެ. ރާއްޖެއިން އެ ޖަމުޢިއްޔާގައި ދާއިމީ މަންދޫބަކު ބެހެއްޓުމަކީ ރާއްޖޭގެ ތިމާވެށީގެ ސިޔާސަތުތައް ބައިނަލްއަޤުވާމީ މައިދާނުގައި ވަރުގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450