Ads by Farudhun

ޚަބަރު

ބަންގްލަދޭޝްއިން ރާއްޖެއަށް 20،000 ގަސް ހަދިޔާކޮށްފި

ބަންގްލަދޭޝްއިން ރާއްޖެއަށް 20،000 ގަސް ހަދިޔާކޮށްފި

މިރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

27 ޖުލައި 2026، 12:57

27 ޖުލައި 2026، 12:57

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް، ބަންގްލަދޭޝްއިން 20،000 ގަސް ހަދިޔާކޮށްފިއެވެ.

އާދިއްތަ ދުވަހުގެ  ހަވީރު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި، ބަންގަލަދޭޝްގެ ޚާރިޖީ ވަޒީރު، ޑރ. ޚަލީލުއްރަޚްމާން ވަނީ، އެ ގައުމުގެ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ގަސްތައް ރަމްޒީގޮތުން ހަވާލުކޮށްދެއްވާފައެވެ. ރާއްޖޭގެ ފަރާތުން މި ގަސްތަކާއި ހަވާލުވެލައްވާފައި ވަނީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފްއެވެ.

މިއީ ތިމާވެށި ހިމާޔަތްކުރުމާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދެވުނު ހަރަކާތެއް ކަމަށްވީއިރު، ތިން ވަޒީރުން ވެސް ވަނީ މި ހަރަކާތުގެ ދަށުން ލޮނުޒިޔާރަތް ޕާކުގައި ގަސް އިންދަވާދެއްވާފައެވެ.



ބައްދަލުވުމުގައި ވާހަކަދައްކަވަމުން  ދެ ޤައުމުގެ މަންދޫބުން  ވެސް ވަނީ ތިމާވެށީގެ ދާއިރާއިން ރާއްޖެއާއި ބަނގުލަދޭޝްއާ ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.  އަދި ވަކިން ހާއްސަކޮށް ދެ ޤައުމަކީ ވެސް މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު ދެ ޤައުމަށް ވާއިރު، މިފަދަ މަޝްރޫއުތަކުގެ ސަބަބުން ގުޅުން އިތުރަށް ވަރުގަދަވުމަށް މަގުފަހިވެގެންދެއެވެ.

މިއީ މިހާތަނަށް ބޭރު ޤައުމަކުން ރާއްޖެއަށް އެންމެ ގިނައިން ގަސް ހަދިޔާކުރި ފަހަރުކަން ފާހަގަކޮށްލެވޭއިރު، ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ގަސްތަކުގެ ތެރޭގައި  ހިޔާދޭ ގަސްގަހާއި، މާ އަޅާ ގަސްތަކުގެ އިތުރުން މޭވާ ގަސްތައް ވެސް ހިމެނެއެވެ.

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި 5 މިލިއަން ގަސް އިންދައި، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުން ކަމަށްވާއިރު، މި މަޝްރޫއުގެ ދަށުން މިހާރުވަނީ 1.6 މިލިއަނަށްވުރެ ގިނަ ގަސްއިންދާފައިކަން ފާހަގަކޮށްލެވެއެވެ. އެކިއެކި ރަށްރަށުގައި ގަސް އިންދުމުގެ ހަރަކާތްތަކާއި، މި ޕްރޮގްރާމަށް ރައްޔިތުން އަހުލުވެރިކުރުމުގެ މަސައްކަތްކުރިއަށްދާއިރު، ދާދި ފަހުން ވަނީ ބޮޑުތަކުރުފާނު މަގުގައި ވެސް 3100 އަށް ވުރެ ގިނަ  ގަސް އިންދާފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450