Ads by Farudhun

ޚަބަރު

ޚިޔާލުތަފާތުވުންތަކަކީ ކަނޑިއާއި ބަޑިން ހައްލު ކުރެވޭނެ ކަމެއް ނޫން - ރައީސް

ޚިޔާލުތަފާތުވުންތަކަކީ ކަނޑިއާއި ބަޑިން ހައްލު ކުރެވޭނެ ކަމެއް ނޫން - ރައީސް

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުައިއްޒު - ފޮޓ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

26 ޖުލައި 2026، 01:57

26 ޖުލައި 2026، 01:57

ގައުމުތަކުގެ މެދުގައި އުފެދޭ ޚިޔާލުތަފާތުވުންތަކަކީ ހަނގުރާމައާއި ހަތިޔާރު ބޭނުންކޮށްގެން ހައްލުކުރެވޭނެ ކަންކަން ނޫންކަމަށާއި، އެފަދަ ކަންކަމުގައި އަބަދުވެސް އިސްކުރަންޖެހޭނީ ސުލްހަވެރި މަޝްވަރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޚިޔާލުތަފާތުވުންތަކަށް ހައްލު ހޯދުމުގައި ކަނޑިއާއި ބަޑީގެ ބޭނުންކޮށްފިނަމަ، ދުވަހަކުވެސް ދާއިމީ ހައްލެއް ނުލިބޭނެ ކަމަށެވެ. އަދި ދުނިޔޭގެ މަސްރަހުގައި ކަންކަން ހަމައަކަށް އެޅުވޭނީ އެކަކު އަނެކަކަށް އިހުތިރާމްކޮށް، ގުޅިގެން މަސައްކަތް ކޮށްގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން އަބަދުވެސް އެންމެ އިސްކަމެއް ދޭނީ ރާއްޖޭގެ މަސްލަހަތު އިސްކުރާ "މޯލްޑިވްސް ފަސްޓް" ސިޔާސަތަށް ކަމަށެވެ. ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ، މީގެ ކުރިން ރާއްޖޭގެ ޚާރިޖީ މިނިވަންކަން އޮތީ އެހެން ބައެއްގެ ބާރުގެ ދަށުގައި ކަމަށެވެ.

"ކުރީގެ ސަރުކާރުތަކުން ތަފާތު ހާރިޖީ ސިޔާސަތުތައް ވަނީ ގެންގުޅެފައި. އެހެން ބައެއްގެ އަތްދަށުގައި ނުވަތަ ބާރުގެ ދަށުގައި ރާއްޖޭގެ ހާރިޖީ މިނިވަންކަން ވަނީ ގެންގުޅެފައި. އާދައިގެ ބަހަކުން ދަންނަވަންޏާ ގޮނޑިކޮއްކޮ ހާރިޖީ ސިޔާސަތު. އެއީ މި ގައުމަކަށް ހެޔޮ ގޮތެއް ނޫން."

ރައީސް ވިދާޅުވިއެވެ.

ސަރަހައްދީ އެއްބާރުލުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ، ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި އުފެދިފައިވާ "ސާކް" ޖަމިއްޔާއަކީ ރާއްޖެއިން އިސްވެ އުފެއްދި މުހިންމު ޖަމިއްޔާއެއް ކަމަށެވެ. ނަމަވެސް، ވޭތުވެދިޔަ ނުވަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އެ ޖަމިއްޔާގެ ހަރަކާތްތައް ހުއްޓިފައި އޮތުމަކީ ހިތާމަހުރި ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރަހައްދުގެ ހަމަޖެހުމާއި ތަރައްގީއަށްޓަކައި ސާކް އަލުން ދިރުވައި، ހަރަކާތްތެރިކުރުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތުގައި ރާއްޖެއިން އިސްނަގައިގެން މަސައްކަތް ކުރަން ތައްޔާރަށް އޮތްކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450