Ads by Farudhun

ޚަބަރު

ދައުލަތަށް 41 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޝަރަފުގެ އައްޑަނަ އަރުވައިފި

ދައުލަތަށް 41 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޝަރަފުގެ އައްޑަނަ އަރުވައިފި

ދައުލަތަށް 41 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޝަރަފުގެ އައްޑަނަ އެރުވުން -ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

26 ޖުލައި 2026، 12:21

26 ޖުލައި 2026، 12:21

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ 66 ބޭފުޅެއްގެ އަގުވަޒަންކޮށް، އެ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަ މިއަދު އަރުވައިފިއެވެ.

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، މި ބޭފުޅުންނަށް ޝަރަފުގެ ބެޖާއި، އައްޑަނަ އަދި ހަނދާނީލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. 

މިއަދު މި ޝަރަފު ލިބިވަޑައިގެންނެވި 66 ބޭފުޅުންނަކީ ދައުލަތުގެ އެކި މުއައްސަސާތަކުގައި 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނެވެ. މީގެ ކުރިން މިފަދަ ޝަރަފެއް ލިބިވަޑައިގެންފައިނުވާ މި ބޭފުޅުންގެ ޚިދުމަތުގެ ރެކޯޑުތައް ހޯއްދަވައި، އެ ބޭފުޅުންގެ އަގުވަޒަންކުރުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

މި އިނާމަށް ބޭފުޅުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯއްދެވި ރެކޯޑުތައް ދިރާސާކުރުމަށްފަހު، ކޮމިޓީގެ މެންބަރުން ވަނީ އިނާމަށް ޝަރުޠު ހަމަވާ ބޭފުޅުންނާ ބައްދަލުކުރައްވައި، މަޢުލޫމާތު ސާފުކުރައްވާފައެވެ.

މި އިނާމަކީ ދިވެހި ދައުލަތަށް އެކި ދާއިރާތަކުން ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ މަސައްކަތްތައް ފާހަގަކޮށް، ޤައުމީ ފެންވަރެއްގައި އެ ބޭފުޅުންނަށް ޝަރަފު އެރުވުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ. މިއަދުގެ ޖަލްސާގައި އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ތަޢުލީމީ، ޞިއްޙީ، އަދި އިދާރީ ދާއިރާތަކުގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުން ހިމެނެއެވެ.

ރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450