Ads by Farudhun

ޚަބަރު

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ރައީސުލްޖުމްހޫރިއްޔާ ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުން / ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

26 ޖުލައި 2026، 06:58

26 ޖުލައި 2026، 06:58

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ އުފާވެރި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ރަސްމީކޮށް ބާއްވައިފިއެވެ.

ޖުމްހޫރީ މައިދާނުގައި ބޭއްވުނު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފާއި އެމަނިކުފާނުގެ އަނބިކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ބޭރުގެ ޢިއްޒަތްތެރި ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސް ބޭފުޅުންނާއި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ ސްކޫލް ކުދިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

ރަސްމިއްޔާތުގެ ތެރެއިން ކޯއްޓޭއަށް ދިދަ ނެގުމާއެކު، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ބޭންޑް ޕާޓީން ވަނީ ޤައުމީ ސަލާމް ކުޅެފައެވެ. ޤައުމީ ސަލާމަށްފަހު، މިނިވަންދުވަހުގެ މުނާސަބަތާ ގުޅިގެން ތައްޔާރުކޮށްފައިވާ ޚާއްޞަ ދުޢާއެއް ކުރުން އޮތެވެ.

މި ރަސްމިއްޔާތަކީ ކޮންމެ އަހަރަކުވެސް ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި، ޤައުމީ ފެންވަރުގައި ބާއްވަމުން އަންނަ ވަރަށް މުހިންމު ރަސްމިއްޔާތެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450