Ads by Farudhun

ޚަބަރު

އެންސްޕާގެ ކޯލް ސެންޓަރެއް އައްޑޫގައި ޤާއިމުކޮށް، ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި

އެންސްޕާގެ ކޯލް ސެންޓަރެއް އައްޑޫގައި ޤާއިމުކޮށް، ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި

އަލަށް ހުޅުވުނު ކޯލް ސެންޓަރު. ފޮޓޯ: އެންސްޕާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

01 ޖުލައި 2026، 01:18

01 ޖުލައި 2026، 01:18

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ކޯލް ސެންޓަރެއް އެންސްޕާގެ އައްޑޫ އޮފީހުގައި ޤާއިމްކޮށް، ޚިދުމަތުގެ ވަގުތު އިތުރުކޮށްފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކުންފުނިން ބުނެފައިވަނީ، ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ކޯލްސެންޓަރުން ޚިދުމަތްދޭން ފަށާފައިވާ ކަމަށެވެ. އަދި މި ތާރީޚުން ފެށިގެން އެންސްޕަގެ ކޯލްސެންޓަރުން ޚިދުމަތްދޭ ވަގުތު ވަނީ އިތުރުކުރެވިފައެވެ. 

އެގޮތުން، ކުރިން ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ދެމުންގެންދިޔަ މި ޚިދުމަތް، މިހާރު ހަފްތާގެ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 10:00 އާއި ދެމެދު ލިބޭނެ ކަމަށް އެންސްޕާއން ބުނެއެވެ. 

މި ބަދަލާއި ގުޅިގެން އެންސްޕާގެ ޚިދުމަތް ހޯދާ ރައްޔިތުންނަށް ފަސޭހަކަމާއެކު މައުލޫމާތު ފޯރުކޮށްދެވިގެންދާނެ ކަމަށާއި، އެހީތަކުގެ އަދާހަމަ ވެސް ފަސޭހައިން ލިބޭނެ މަގުފަހިވެގެންދާނެކަމަށް އެންސްޕާއިން ބުނެއެވެ.



އެންސްޕާގެ ކޯލް ސެންޓަރުގެ ނަންބަރު 1402 އަށް ގުޅައިގެން އެންސްޕާއިން ދެމުންދާ ހިދުމަތްތަކާއި ގުޅޭ މައުލޫމާތު ސާފުކުރެވޭނެއެވެ. އަދި ހަމައެހެންމެ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފޯރުކޮށްދޭ މާލީ އެހީއާއި، އެމީހުނަށް  ދޭ އިނާޔަތްތަކާ ގުޅޭ މައުލޫމާތު އޮޅުންފިލުވޭނެއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450