Ads by Farudhun

ޚަބަރު

ސައުދީގެ ޑިފެންސް މިނިސްޓަރާއި، މިނިސްޓަރ ޙަސަން ރަޝީދު ބައްދަލުކުރައްވައިފި

ސައުދީގެ ޑިފެންސް މިނިސްޓަރާއި، މިނިސްޓަރ ޙަސަން ރަޝީދު ބައްދަލުކުރައްވައިފި

ސައުދީގެ ޑިފެންސް މިނިސްޓަރާއި، މިނިސްޓަރ ޙަސަން ރަޝީދު ބައްދަލުކުރެއްވުން / ފޮޓޯ: އެކްސް

farudhun logo

ފަރުދުން

30 ޖޫން 2026، 09:05

30 ޖޫން 2026، 09:05

މި ދެބޭފުޅުން ބައްދަލުކުރައްވާފައި ވަނީ، ސައޫދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރ، ޕްރިންސް ހާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ދައުވަތަކަށް، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ސައޫދީ އަރަބިއްޔާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ބޭފުޅުން ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމާ ގުޅިގެން ޕްރިންސް ޚާލިދު ހާމަކުރައްވާފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުންތަކާއި، ދިފާޢީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. 

މީގެއިތުރުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މަސްރަޙުގައި ހިނގަމުންދާ ކަންކަމާއި، ސަރަޙައްދީ ސަލާމަތާއި ހަމަޖެހުން ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ވެސް ޚިޔާލު ބަދަލުކުރެވުނުކަމަށް ހާމަކުރައްވާފައިވެއެވެ.



މި ދަތުރުފުޅުގެ ތެރެއިން އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން (އައި.އެމް.ސީ.ޓީ.ސީ) ގެ ޑެޕިއުޓީ މިލިޓަރީ ކޮމާންޑަރ މޭޖަރ ޖެނެރަލް ޢަބްދުﷲ ބިން ޙާމިދު އަލް-ޤުރައިޝީއާވެސް ޑިފެންސް މިނިސްޓަރ ބައްދަލުކުރެއްވިއެވެ.

މި ބައްދަލުވުމުގައި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކްތައް އިތުރުކޮށް، ދެ ގައުމުން ގުޅިގެން ތަމްރީނުތައް ބާއްވައި، ފަންނީ ގާބިލުކަން އިތުރުކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450