Ads by Farudhun

ޚަބަރު

ތުޅާދޫގައި އަޅާ ސަޤާފީ މަރުކަޒުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދަނީ

ތުޅާދޫގައި އަޅާ ސަޤާފީ މަރުކަޒުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދަނީ

ތުޅާދޫ ސަޤާފީ މަރުކަޒިގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

30 ޖޫން 2026، 09:29

30 ޖޫން 2026، 09:29

ބ. ތުޅާދޫގައި 2 ފަންގިފިލާއަށް އަޅަމުންދާ ސަޤާފީ މަރުކަޒުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކުންފުނިން ހާމަކުރި ގޮތުގައި، އެ ސަރަހައްދުގައި މިހާރު ކުރިއަށްދަނީ އިމާރާތުގެ ޓައި ބީމް ބެންޑިންގެ މަސައްކަތްތަކެވެ. އަދި މައިގަނޑު އިމާރާތުގެ ފުޓިންގް ކާސްޓިންގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ.



މި މަޝްރޫއަކީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި، އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން އެމްޓީސީސީއާ ހަވާލުކުރެވިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި އެއްބަސްވުމުގައި އިޤްތިޞާދީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ، އަލްއުސްތާޛު ޢަބްދު ޝިޔާޒެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ސަޢުދީއެވެ.

މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ، 420 ދުވަސްތެރޭ ނިންމާގޮތަށެވެ. އަދި ހަވާލުކޮށްފައިވަނި 24.4 މިލިޔަން ރުފިޔާއަށެވެ. 

ސަގާފީ މަރުކަޒު ނިމުމުން އެތަނުގައި ލިޔެލާޖެހުމާއި، އަތްތެރި މަސައްކަތާއި، ގެތުން އަދި ލަކުޑީގެ މަސައްކަތް ފަދަ ސަގާފީ ހުނަރުވެރި ފަންނުތަކުން ތަމްރީނު ދެވޭނެ ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި އެމްޓީސީސީން ބުނެފައިވަނީ މި ސެންޓަރުގައި ކެފޭއަކާއި، ހިތްފަސޭހަކޮށްލުމަށް ޖާގަ ހުންނާނެ ކަމަށެވެ. 

މި މަސައްކަތަކީ، ދިވެހިރާއްޖޭގައި ފަންނީ އިޤްތިޞާދެއް ޤާއިމްކުރުމާއި، ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކޮށް ޘަޤާފީ މަސައްކަތްތައް ދިރުވައި އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތާއި ތަޞައްވުރުގެ ތެރެއިން ކުރިއަށް ގެންދެވޭ މަސައްކަތެއްކަން ވުޒާރާއިން ފާހަގަކުރިއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450