Ads by Farudhun

ޚަބަރު

ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވޭ މަސްތުވާތަކެތީގެ މިންވަރު މިހާރު އިތުރު: ކަސްޓަމްސް

ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވޭ މަސްތުވާތަކެތީގެ މިންވަރު މިހާރު އިތުރު: ކަސްޓަމްސް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު. ފޮޓޯ: އިންޓްނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

29 ޖޫން 2026، 03:31

29 ޖޫން 2026، 03:31

2019 އިން 2023 އާއި ދެމެދު ހޭދަވި 5 އަހަރުގެ މުއްދަތުގައި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު މަސްތުވާތަކެއްޗަށް ވުރެ، ވޭތުވެދިޔަ 2 އަހަރާއި ބައިގެ ތެރޭގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މިންވަރު އިތުރުކަން މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއިން ހާމަކޮށްފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި މިކަން ހާމަކޮށް ކަސްޓަމްސްއިން ބުނެފައިވަނީ، 2024 ގެ ޖެނުވަރީ މަހުން ފެށިގެން 2026 ގެ ޖޫން މަހުގެ ނިޔަލަށް، މަސްތުވާތަކެތީގެ މައްސަލަތަކުގެ އަދަދު ވަނީ 27 އިންސައްތަ އިތުރުވެފައެވެ. އަދި އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަދަދުވަނީ 31 އިންސައްތަ އިތުރުވެފައެވެ. 

2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ކަސްޓަމްސަށް ވަނީ މަސްތުވާތަކެތީގެ 116 މައްސަލައެއް ލިބިފައެވެ. މި މައްސަލަތަކުގައި އަތުލައިގަނެވިފައިވަނީ 247 ކިލޯގްރާމުގެ މަސްތުވާތަކެއްޗެވެ.

މިއާއި އަޅާބަލާއިރު 2024 ވަނަ އަހަރުން ފެށިގެން 2026 ގެ ޖޫން މަހުގެ ނިޔަލަށް 147 މައްސަލައެއް ވަނީ ލިބިފައެވެ. މި މައްސަލަތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނަކީ 324 ކިލޯގްރާމެވެ.



މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް އަދުގެ ދިވެހި ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންކަން ފާހަގަކޮށްލެވެއެވެ. އެ ގޮތުން،  ކަނޑުމަގުން ރާއްޖެ އަންނަ އުޅަނދުފަހަރު ބެލުމަށް އަޅާފައިވާ  ހާއްސަ ފިޔަވަޅުތައް ފާހަގަކޮށްލެވެއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450