Ads by Farudhun

ޚަބަރު

މާފަރު ޕޮލިސް ޕޯސްޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

މާފަރު ޕޮލިސް ޕޯސްޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

މާފަރު ފޮލިސް ޕޯސްޓް. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

29 ޖޫން 2026، 02:33

29 ޖޫން 2026، 02:33

ނ. މާފަރުގައި ހަދަމުންދާ ޕޮލިސް ޕޯސްޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން، މޯލްޑިވްސް ކޮންސްޓްރަކްޝަން އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. 

އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކުންފުނިން ބުނެފައިވަނީ މިހާރު ކުރިއަށްދަނީ ސަރަހައްދުގެ  ޕޯސްޓުގެ ވަށާ ފާރު ރޭނުމުގެ މަސައްކަތާއި، ވޯލް ސީލިންގްގެ މަސައްކަތްތަކެވެ.



މަޝްރޫއުގެ 53 އިންސައްތަ ނިމިފައިވާކަން އެމްޓީސީސީއިން ކުރިން ބުނެފައިވާއިރު، މި މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ރައުންޑް ވޯކް، ކޮންކްރީޓް މަސައްކަތްތައް، ރޭނުމާއި ސިމެންތި ޖެހުން، ފުރާޅުއެޅުން، އަދި ކަރަންޓާއި ފެނުގެ ނިޒާމު ގާއިމުކުރުން ހިމެނެއެވެ. އަދި ހަމައެހެންމެ،  ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ސީލިންގް ކުރުމުގެ އިތުރުން ކުލަލުމާއި ފިނިޝިންގެ އެންމެހާ މަސައްކަތްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މިއީ ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، 2025 މާރޗު 15 ގައި އެމްޓީސީސީއާ ހަވާލުކުރެވިގެން ކުރިއަށް ގެންދަން ފެށި މަސައްކަތެކެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ފުލުހުންގެ ހިދުމަތް ގާއިމުވެފައިވާ ރަށަކަށް ހެދުން ކަމަށްވާއިރު، މި އަމާޒަށް ވާސިލުވުމަށްޓަކައި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތަކާއި، ޕޮލިސް ޕޯސްޓުތައް ގާއިމުކުރުމުގެ މަސައްކަތްތައް ސަރުކާރުން ދަނީ ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450