Ads by Farudhun

ޚަބަރު

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށް ފާސްކޮށްފި

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށް ފާސްކޮށްފި

ދުންފަތުގެ ބާވަތެއް ނައްތާލަނީ ފޮޓޯ: ކަސްޓަމްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 ޖޫން 2026، 01:08

29 ޖޫން 2026، 01:08

ސިނގިރޭޓާއި ދުންފަތުގެ ބައެއް ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމެވެ. މި އިސްލާހު ފާސްކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީން ނިންމީ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާގުންނެވެ.

މި އިސްލާހުގައިވާ ގޮތުން، މިހާރު ސިނގިރޭޓަކުން ނަގަމުން އަންނަ 8 ރުފިޔާގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ވަނީ ހުށަހަޅާފައެވެ. ސިނގިރޭޓުގެ އިތުރުން ބިޑިއާއި، ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތައް ނުވަތަ "ހީޓަޑް ޓޮބޭކޯ" އިން ނަގާ ޑިއުޓީ ވެސް 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަކުރުމަށް ގާނޫނުގެ 7 ވަނަ މާއްދާއަށް ހުށަހެޅި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވުމަށް އެހީތެރިވެދޭ ބާވަތްތަކެއް ކަމަށްވާ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗު ފަދަ ތަކެތިން ޑިއުޓީ ނުނަގާ ގޮތަށް ހެދުމަށް ވެސް ސަރުކާރުން ވަނީ ހުށަހަޅާފައެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި ބަދަލުތަކާއެކު ދައުލަތަށް ލިބޭ އާމްދަނީއަށް އަސަރު ކުރާނެއެވެ. އެގޮތުން ޖުލައި 1 އިން ފެށިގެން މި އިސްލާހަށް އަމަލުކުރަން ފަށައިފިނަމަ، މިއަހަރުގެ ބަޖެޓުގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީން 21 މިލިޔަން ރުފިޔާ މަދުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މި ބިލު މިހާރު އޮތީ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށް، މަޖިލީހުގެ ތަޅުމުން ފާސްކުރުމުގެ މަރުހަލާގައެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތު ބަލަހައްޓަވާ ޖަލްސާއެއްގައި މި ބިލަށް ވޯޓަށް އެހުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މި ބިލު ތަސްދީގު ކުރެއްވުމުން މި ބަދަލުތަކަށް އަމަލުކުރަން ފެށޭނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450