Ads by Farudhun

ޚަބަރު

ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި

ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުިއްޒު ފުލުހުންގެ 93 ވަނަ އަހަރީ ޖަލްސާ ސަރަފްވެރިކޮށްދެއްވުން - ފޮޓޯ: ޕޮލިސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

28 ޖޫން 2026، 11:25

28 ޖޫން 2026، 11:25

ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މާލޭ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ބޭއްވި މި ޝަރަފުވެރި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ ދެކަނބަލުންނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ ދެކަނބަލުންނާއި، ދައުލަތުގެ އިއްޒަތްތެރިންނާއި ފުލުހުންގެ އެކި ރޭންކުތަކުގެ އޮފިސަރުންނާއި އާންމު މުވައްޒަފުން މި ޖަލްސާގައި ބައިވެރިވިއެވެ.

ޖަލްސާގެ ހަރަކާތްތައް ފެށިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ އެ ތަނަށް ވަޑައިގަތުމުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެ މަނިކުފާނަށް އެރުވި އޮނަރ ގާޑަކަށް ފަހުގައެވެ. ކީރިތި ޤުރްއާނުގެ ބަރަކާތުން ޖަލްސާ ރަސްމީކޮށް ފެށިގެންދިޔައިރު، ފުލުހުންގެ ދިދަ ހޮއިސްޓްކުރުމުގެ ރަސްމިއްޔާތުވެސް މި ޖަލްސާގައި ކުރިއަށްދިޔައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ފުލުހުންގެ ޚިދުމަތަށް ރީތި ނަން ހޯދައިދީފައިވާ 7 މުވައްޒަފަކަށް "ޕްރައިޑް އެންޑް މެރިޓް އެވޯޑް" އަރުވާފައިވެއެވެ. އަދި ފުލުހުންގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ އާންމު 20 ފަރާތަކަށާއި މުއައްސަސާއަކަށް، އެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ އައްޑަނައާއި، ރަން ފިލާ އަދި ހަނދާނީ ފިލާ ވަނީ ބަދަލުކޮށްފައެވެ.

ފުލުހުންގެ ތެރެއިން ފާހަގަކޮށްލެވޭ ޚިދުމަތްތައް ކުރެއްވި ބޭފުޅުންނަށް އިނާމު ދިނުމުގެ ބައިގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލަ ހާސިލުކުރެއްވި 20 ފުލުހަކަށާއި، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ހާސިލުކުރެއްވި 7 ފުލުހަކަށް އެ މަނިކުފާނު ވަނީ މެޑަލްއާއި ކުލަ ހަވާލުކޮށްދެއްވާފައެވެ.

ޚާއްޞަ ގޮތެއްގައި، 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ފުލުހުންގެ ޚިދުމަތުގައި ދެމިތިއްބެވި ދެ ބޭފުޅުން ކަމަށްވާ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނަޞީރު އިބްރާހީމާއި، ޕޮލިސް ސަރވިސް އެޑްމިނިސްޓްރޭޝަން ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަރީފުގެ ޚިދުމަތުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައިވެއެވެ.

މީގެ އިތުރުން، ގައުމާއި މުއައްސަސާއަށް އިހުލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ތިން ބޭފުޅެއްގެ ޚިދުމަތް ފާހަގަކޮށް ޚާއްޞަ ހަނދާނީ ފިލާ އަރުވާފައިވެއެވެ. އެ ބޭފުޅުންނަކީ:

އަލްމަރުޙޫމް ޢަބްދުއްޝަކޫރު ޢަބްދުﷲ (ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް - ރިޓަޔަރޑް)
އަލްމަރުޙޫމް އަލްއުސްތާޛު ޙަސަން ޙަމީދު (ކައުންސެލް ޖެނެރަލް)
އިބްރާހީމް ލަޠީފް (ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ)
ޖަލްސާގެ ތެރެއިން ދިވެހި ފުލުހުންގެ ޚިދުމަތުގެ ތާރީޚާއި ކުރިއެރުންތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ދައްކާލާފައިވެއެވެ. މި ރަސްމިއްޔާތު ނިންމާލާފައިވަނީ ގައުމީ ސަލާމަށްފަހު، ދިދަ ރިޓްރީޓްކުރުމާއެކުގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450