Ads by Farudhun

ޚަބަރު

އެސްޓީއޯގެ ކުރިމަގާއި 'އިވޯލްވް 2030' އާ ގުޅޭގޮތުން ހިއްސާދާރުންނާ މަޝްވަރާކޮށްފި

އެސްޓީއޯގެ ކުރިމަގާއި 'އިވޯލްވް 2030' އާ ގުޅޭގޮތުން ހިއްސާދާރުންނާ މަޝްވަރާކޮށްފި

އެސްޓީއޯއިން ހިއްސާދާރުންނާއި މަޝްވަރާކުރުން. ފޮޓޯ: އެސްޓީއޯ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 ޖޫން 2026، 08:15

28 ޖޫން 2026، 08:15

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކުރިމަގާއި އެ ކުންފުނީގެ ސްޓްރެޓީޖިކް ރޯޑްމެޕް #EVOLVE2030 އާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ހިއްސާދާރުންގެ ނުރަސްމީ ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ބައްދަލުވުމަކީ އެސްޓީއޯގެ އާންމު ހިއްސާދާރުންނާއެކު ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. މީގެ މައިގަނޑު މަގުސަދަކީ ކުންފުނީގެ ކުރިމަގު ބައްޓަންކުރުމުގަ އާއި ކުރިއަށް އޮތް އަހަރުތަކަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ހިއްސާދާރުންގެ ބައިވެރިވުން އިތުރުކުރުމެވެ.

އެސްޓީއޯއިން ބުނި ގޮތުގައި މި ބައްދަލުވުމުގައި ކުންފުނީގެ ކުރިމަގުގެ މިސްރާބާއި، އިސްކަންދޭނެ ކަންތައްތައް ކަނޑައެޅުމުގައި ހިއްސާދާރުންގެ ފަރާތުން ވަނީ އަގުހުރި ހިޔާލުތަކާއި މަޝްވަރާތައް ލިބިފައެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކުންފުނިން އަލަށް ތައާރަފްކޮށްފައިވާ 'އިވޯލްވް 2030' ރޯޑްމެޕަކީ އެސްޓީއޯގެ ވިޔަފާރި ފުޅާކޮށް، ކުރިއަށް އޮތް ތަނުގައި ކުންފުނި އިތުރު ހިސާބަކަށް ގެންދިއުމަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭނެކެވެ. މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ކުންފުންޏާއި ހިއްސާދާރުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އެސްޓީއޯއިން ދެކެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450