Ads by Farudhun

ޚަބަރު

ކޯސްޓުގާޑަށް އަލަށް ހޯދާ 20 ހާބަރ ކްރާފްޓް ބަނުމުގެ މަސައްކަތް ދިފާޢީ ވަޒީރު ބައްލަވާލައްވައިފި

ކޯސްޓުގާޑަށް އަލަށް ހޯދާ 20 ހާބަރ ކްރާފްޓް ބަނުމުގެ މަސައްކަތް ދިފާޢީ ވަޒީރު ބައްލަވާލައްވައިފި

ކޯސްޓުގާޑަށް އަލަށް ހޯދާ 20 ހާބަރ ކްރާފްޓް ބަނުމުގެ މަސައްކަތް ދިފާޢީ ވަޒީރު ބައްލަވާލެއްވުން. ފޮޓޯ: ދިފާއީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 ޖޫން 2026، 07:13

28 ޖޫން 2026، 07:13

ދިވެހި ސިފައިން ހިންގާ މެރިޓައިމް ސެކިއުރިޓީ އޮޕަރޭޝަންތަކާއި، ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ އިންޓަސެޕްޓަރ ކްރާފްޓް ހޯދުމުގެ މަސައްކަތުގެ ތެރެއިން ކޯސްޓުގާޑަށް އަލަށް ހޯދާ 20 ހާބަރ ކްރާފްޓް ބަނުމުގެ މަސައްކަތް ހިނގަމުންދާގޮތް، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، ޙަސަން ރަޝީދު ބައްލަވާލައްވައިފިއެވެ.

މި އުޅަނދުތަކަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި، ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި މީހުން ސަލާމަތްކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި އުޅަނދުތައް ބަނުމުގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ޒިޔާރަތްކުރައްވައި، ވަޒީރު ވަނީ މަސައްކަތުގެ ފެންވަރާއި ކުރިއަށްދާ ދުވެއްޔާ ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

މީގެ އިތުރުން، މި މަހުގެ 20 ވަނަ ދުވަހު ފެށުނު ކ. ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް ވެސް ދިފާޢީ ވަޒީރު ވަނީ ބައްލަވާލައްވާފައެވެ. މި މަޝްރޫޢުގެ ދަށުން ގިރިފުށީގެ ބިން ހިއްކުމުގެ އިތުރުން، އެ ރަށުގައި ސިފައިންގެ ތަމްރީނުތަކާއި އެހެނިހެން ބޭނުންތަކަށް ޤާއިމްކުރެވޭ އެކި ވަސީލަތްތަކާ ގުޅޭ މަސައްކަތްތައް ވެސް ވަޒީރު ވަނީ ބައްލަވާލައްވާފައެވެ.

ދިވެހިރާއްޖޭގެ ދިފާޢީ ބާރުގެ ވަސީލަތްތައް ޒަމާނީކޮށް، ސިފައިންގެ ޚިދުމަތްތައް ފުޅާކުރުމަކީ މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމެކެވެ. މިގޮތުން އަލަށް ބަންނަ 20 ހާބަރ ކްރާފްޓަކީ ކޯސްޓުގާޑުގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުވެގެންދާނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ގިރިފުށީގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކަކީ ވެސް ސިފައިންގެ ތަމްރީނުތަކަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ. މި މަސައްކަތްތައް ނިމުމުން ސިފައިންގެ ތަމްރީނުތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450