Ads by Farudhun

ޚަބަރު

ފާއިތުވި ހަފްތާގައި ކުއްލި ނުރައްކަލުގެ 15 ހާދިސާއެއް ރިޕޯޓްކޮށްފައިވޭ: އެމްއެންޑީއެފް

ފާއިތުވި ހަފްތާގައި ކުއްލި ނުރައްކަލުގެ 15 ހާދިސާއެއް ރިޕޯޓްކޮށްފައިވޭ: އެމްއެންޑީއެފް

އެމްއެންޑީއެފްގެ ބޭފުޅުން. ފޮޓޯ: އިންޓަނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

28 ޖޫން 2026، 02:31

28 ޖޫން 2026، 02:31

ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުއްލި ނުރައްކަލުގެ 15 ހާދިސާއެއް ހިނގައިގެން ރިޕޯޓްކޮށްފައިވާ ކަމަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ. 

އެކްސްގައި ކުރި ޕޯސްޓެއްގައި  އެމްއެންޑީއެފް އިން  ބުނެފައިވަނީ، މި މަހުގެ 21 އިން 27  ވަނަ ދުވަހުގެ ނިޔަލަށް ހިނގި މި ހާދިސާތަކުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސް އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އަލިފާނުގެ ހާދިސާތަކެވެ. 

ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަލިފާނުގެ 9 ހާދިސާއަކާއި، އެއް ހަޒްމްތް ހާދިސާއަކާއި، އެއް ޑިޒާސްޓަރ އިންސިޑެންޓު ހިމެނެއެވެ. މީގެ އިތުރުން 2 ރެސްކިޔުއަކާއި، 2 މެޑިކަލް އިވެކުއޭޝަންގެ ހާދިސާ ވަނީ ހިނގާފައެވެ. 



ސަރަހައްދީ ކޮމާންޑްތަކަށް ބަލާއިރު، އެންމެ ގިނަ ހާދިސާ ރިޕޯޓްކޮށްފައިވަނީ މާލެ އޭރިއާ ކޮމާންޑަށެވެ. އެއީ 12 ހާދިސާއެކެވެ. ބަކީ 3 ހާދިސާ ރިޕޯޓުކޮށްފައިވަނީ ސަދަން އޭރިއާ ކޮމާންޑަށެވެ.

މިހުރިހާ ހާދިސާއަކަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރްއެސް) އިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450